Support Us

އަގެއް ނެތް ކާވެނި

ކަމެއް ކުރުމަށް ތިމާ އުޅެގެން ހަމެއް ދާއިރު އެކަން ނުވެގެން
ދަމެއް ފާއިތުވަނީ އޮވެގެން، ކަމެއް ވެސް މި އުޅެނީ ނުވެގެން

ހިތީ ތަންމަތި އަރާމު ކަމަށް މަތީ އުޅެލުން ފަސޭހަ ކަމަށް
ނެތީ އެނގި އެއް ކަމެއް ކުރުމަށް، މުތީތައް ގެއްލެނީ އޮވެގެން

ނެތަސް ހުނަރެއް ތިމާ ގައިގައި އޮތަސް އާދެވި ލިބުނު ވައިގައި
އެތަން އެވަނީ އެހާ ދުރުގައި، ހިތަށް އެރިހާ ގޮތެއް ނުވެގެން

ދިމާކުރުމީ ދިމިޤްރާޠީ، ޙިމާޔަތަކީ ކުރުން ޤައިދީ
ތިމާ ނޫން އެކަކުވެސް ނެތަތީ އިމާމުންތައް ދަނީ ނެތިގެން

ކަމެއް ނުވިނަމަ އެބައިމީހުން ކަމެއް ވީނަމަ މަގޭ މޮޅުކަން
ދަމެއްދަމަކުން ޖަހާ ވަޒަނުން ހަމޭ އެ ދަނީ ގޮތެއް ނެތިގެން

ކޮބާ އިންސާފު ހަމަހަމަކަން ތަބާވާ ފަތްފުށެއް ވާކަން،
އޮބާމާއެއް ކަމަށް ވީކަން، ވަބާއެއް ޢާއްމުވީ ފެށިގެން

ކިޔާ ނަމަކަށް ކުރިން ސުވަރުގެ، ހިޔާކަން އެންމެނަށް ލިބުމުގެ…
ނިޔާ އަނިޔާ އަކަށް ހެދުމުގެ، ޚިޔާލަށް އަދު ދަނީ ގެނބިގެން

ނުކޮށް ތިބިއިރު ކުރީން ޝާދީ، ނިކަން ރަތުރަން ފުރައި ވާދީ
އެކަށް ފަޅިފަޅިވެގެން ފަސްދީ، ދުކޭ ލިބެނީ ހަފުސް ވެވިގެން

ހަގީގަތް އޮންނަނީ އޮތްތާ ދަގީގުކަމަށް ކުރިން ހިތިތާ
މަގީ އަދު ކަށިކުނބުރު މަގުތާ!! ހަގީގަތް އަދު ދަނީ އޮޅިގެން

ދެނެއް ބޭނުން ނުވޭ އެއް ދާން، ކަނެއްގައި ނަމަ ވިޔަސް އެނދުދާން
ދެނެއް ބޭނުން ނުވޭ ހައިޖާން، ޙަޔާތް ދާ އިރު، އޮޔާލެވިގެން

މިއަދު މި މޮހައިލަނީ ގޮށްތައް، މިއަދު ޖެހިހާ އެ މަގުލަސްތައް
މިއަށް ވުރެ މާ ރަނގަޅު ގޮތްތައް، ހުރީމާ އަދު އެ ގޮތް ފެނިގެން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *