Support Us

ހޮލެންޑްގެ މުޒާހަރާއެއްގައި މުޞްޙަފެއް އަންދައިލައިފި

ހޮލެންޑްގައި ކަނާތު ފިޔައިގެ ހައްދުފަހަނަޅައިފައިވާ މީހަކު މުޞްޙަފަކަށް ފައިން އަރައި އިހާނެތިކޮށް ހިތުމަށް ފަހު އެ މުޞްޙަފު އަންދައިލައިފިއެވެ. މި ކަން ކުރީ ވެރިރަށް ދަ ހޭގްގައި ތުރްކީ އެންބަސީ ކުރިމަތީގައި ބޭއްވި މުޒާހަރާއެއްގެ ތެރޭގައެވެ.

ހޮލެންޑް ސަރުކާރުން ބުނާގޮތުގައި މި ފަދަ ޢަމަލުތައް ހިންގުން މަނާކުރުމުގެ ޤާނޫނީ ބާރު ސަރުކާރަށް ލިބިގެން ނުވެއެވެ. 

ފްރާންސް ޕްރެސް ބުނާގޮތުގައި މި ކަން ކުރީ ކަނާތު ފިޔައިގެ ޙައްދުފަހަނަޅައިފައިވާ ބެގެޑާ ޙަރަކާތުގެ ހޮލެންޑް ގޮފީގެ މީހެއް ކަމުގައިވާ އެޑްވިން ވަގްނެސްފީލްޑް ނަމަކަށް ކިޔާ މީހެކެވެ. މުޞްޙަފު ވީދުމުގައި ދެމީހަކު މި މީހާއާ ބައިވެރިވިއެވެ. 

ބެގްޑާ ޙަރަކާތަކީ- ހުޅަނގު އިސްލާންވުމާ ދެކޮޅަށް މަސައްކަތް ކުރާ ޔޫރަޕްގެ ވަޠަނީ މީހުން– 2014ގައި ޖަރްމަނުގެ ޑްރިސްޑަންގައި އުފެއްދި ޙަރަކާތެކެވެ. މި ޙަރަކާތް ޔޫރަޕަށް ގޮވައިލަމުންދަނީ މުސްލިމުން ޔޫރަޕަށް ހިޖްރަކުރުން ހުއްޓުވުމަށެވެ.

މި މުޒާހަރާއާ ދެކޮޅަށް ފަންސާހަކަށް މީހުން މުޒާހާރާކުރިއެވެ. މި މިހުން މުޞްޙަފު އެންދި ވަގްނެސްފީލްޑާ ދިމާއަށް ގައު އުކަން ފެށުމުން ވިއްސަކަށް ފުލުހުން އައްޑަނަތަކާއި މުގުރުބުރިތައް ހިފައިގެން ގޮސް ވެގްނަސްފީލްޑް ޙިމާޔަތް ކުރިއެވެ.

އިއްޔެ ހެނދުނު ހޮލެންޑްގެ ޢަދްލުއިންސާފާ ބެހޭ ވަޒީރާ  ސިފަކުރެއްވި ގޮތުގައި މުޞްޙަފެއް އަންދައިލުމަކީ "ވަރަށް ދެރަ ކަމެކެވެ." އެހެނަސް އޭނާ ވިދާޅުވިއެވެ. "ޤައުމުގެ ޤާނޫނު އޮންނަ ގޮތުން މި ކަން މަނައެއް ނުކުރެވޭނެއެވެ." 

މުޞްޙަފު އެންދުމުގައި އެންމެ ނަގައިކިޔާ ޤައުމަކީ ސްވިޑްނެވެ. ދެން ޑެންމާކެވެ. ފަހަކަށް އައިސް މި ދެ ޤައުމުގައި ވަނީ މި ކަން ރޯގާއަކަށް ވެފައެވެ. އިސްލާމީ ޤައުމުތަކުން ދަނީ މި ކަން ކުށްވެރިކުރަމުންނެވެ. އަދި މި ޤައުމުތަކުގެ މުދާތައް ބޮއިކަޓު ކުރުމަށް ވަނީ ގޮވައިލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *