Support Us

އެކޮވަސް އިން ނައިޖަރަށް އަރާފާނެތީ ނައިޖަރު ދިފާޢުކުރުމަށް ތެދުވެއްޖެ

އެކޮވަސް ޖަމާޢަތުން ނައިޖަރަށް އަރާފާނެތީ, ނައިޖަރާއި މާލީއާއި ބުރްކީނާ ފާސޯގެ އިސް ކޮމާންޑަރުން ނިޔާމީގައި ބައްދަލުކުރައްވައި އެކޮވަސްގެ ބާރުތަކާ ކުރިމަތިލުމާ ބެހޭގޮތުން މަޝްވަރާތައް ބާއްވަވައިފިއެވެ. 

ނައިޖަރު ޓީވީން އެ ޤައުމަށް މާލީންނާއި ބުރްކީނާ ފާސޯއިން ފޮނުވި ހަނގުރާމަމަތީ މަތިންދާބޯޓުތައް މި ޚަބަރާއެކު ދުރަށް ދެއްކިއެވެ.

ގާނާގައި ބޭއްވި އެކޮވަސް ޖަމާޢަތުގެ ޗީފް އޮފް ސްޓާފުންގެ ބައްދަލުވުމުން އިއްޔެ ނިންމައިފައި ވަނީ ނައިޖަރަށް އަރައި ނައިޖަރަށް ދީމުޤްރާޠީ ނިޒާމު އިޢާދަކުރުމަށެވެ. ނައިޖަރަށް އަރާނެ ތާރީޚު ވެސް  އެބޭފުޅުން ވަނީ ކަނޑައަޅުއްވައިފައެވެ. އެހެނަސް އެބޭފުޅުން ވިދާޅުވާ ގޮތުގައި ދުރުހެލިވެވެން އޮތް ހަނގުރާމައަކަށް އެކޮވަސް އަކުން ނުވަންނާނެއެވެ.އެބޭފުޅުން ވިދާޅުވާ ގޮތުގައި ނައިޖަރުގެ މަސްއަލަ ޑިޕްލޮމެޓިކް ވަސީލަތްތަކުން ޙައްލުނުކުރެވުނިއްޔާ މެނުވީ އެ ޤައުމުތަކުން ޢަސްކަރީ ގޮތުން މަސްއަލައިގެ ތެރެއަކަށް ނުވަންނާނެއެވެ.

އަރާ ދުވަސް

 އެކްވައެއެކޮވަސް ޖަމާޢަތުގެ ސިޔާސީ ކަންތައްތަކާއި ޞުލްޙައާއި އަމްނާ ބެހޭ ކަމިޝްނަރު ޢަބްދުލްފައްތާޙު މޫސާ ވިދާޅުވިއެވެ. "އަހުރެމެން މި ތިބީ ތައްޔާރަށެވެ.އަމުރު އައުމުން ޙަރަކާތްތެރިވާނަމެވެ. އެހެނަސް އެ ދުވަހެއް ހާމައެއް ނުކުރާނަމެވެ."

އޭނާ ހާމަކުރެއްވި ގޮތުގައި ހުރިހާ މެންބަރު ޤައުމުތަކަކުން ވެސް އޮތީ މި ޢަސްކަރީ މަސައްކަތަށް ބޭނުންވާ ހޭދައަށް ޓަކައި އެ ޤައުމަކަށް އަދާކުރަން ޖެހޭ މިންވަރު އަދާކުރުމަށް ތައްޔާރުވެގެންނެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ ނައިޖަރާ ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރުމެއް ނޫނެވެ. މިއީ ދީމިޤްރާޠީ ނިޒާމު އިޢާދަ ކުރުމެވެ. އޭނާ ވިދާޅުވި ގޮތުގައި ޢަސްކަރީ ފިޔަވަޅެއްގެ ސަބަބުން ޢާންމުންނަށް ލިބިދާނެ ގެއްލުންތަކާމެދު ވެސް އެކޮވަސް އިން ބަޙުސްކުރިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *