Support Us

ގޮތް ހުސްވާކަށް ނުޖެހޭ: ފަޔާޒުގެ "ކުދިން ތަރުބިއްޔަތުކުރުމަށް ފަހި މަގެއް" މިއީ ހައްލެއް

ކުދިން ތަރުބިއްޔަތުކުރުމަކީ ބޮޑު ކަމެކެވެ. އެއީ ނުހަނު އުނދަގޫ ކަމެއްވެސް މެއެވެ. އެއީ ބައެއް ފަހަރު މައިންބަފައިން ގޮތްހުސްވާ ކަމެކެވެ. ކުދިން ބޮޑެތިވަމުންދާ ވަރަކަށް މައިންބަފައިންނަށް އެކުދިންގެ ކަންކަން ބޮޑުވެއެވެ. ވަކި ހިސާބަކުން ބައެއް ކުދިން މައިންބަފައިންގެ އަތުން ބީވެގެންދެއެވެ. މައިންބަފައިންނާއި ކުދިންނާމެދު އޮންނަ ގުޅުން ކުޑަވެގެންދެއެވެ.

މި ހުރިހާ ކަމެއްގައި ބެލެނިވެރިންނަށް މަގުދައްކައި އެހީތެރިވާނެ ވަސީލަތެއް ފޮތެއްގެ ގޮތުގައި ދާދި އިހަށް ދުވަހު ވަބީ ޝާއިޢުކޮށްއެވެ. ކުރީގެ ނޫސްވެރިޔާ އަދި ލިއުންތެރިޔާ އަހުމަދު ފަޔާޒު ހަސަން ލިއުއްވާފައިވާ "ކުދިން ތަރުބިއްޔަތުކުރުމަށް ފަހި މަގެއް" މިއީ ކޮންމެ މަންމައަކާއި ބައްޕައަކު ވެސް ކިޔާލަން ވަރަށް ބޭނުންތެރި ފޮތެކެވެ. މައިންބަފައިން އެދޭ ކަހަލަ ރަނގަޅު ކުއްޖަކަށް ދަރިފުޅު ހަދަން ބޭނުންވާ ގިނަގުނަ މައުލޫމާތު މިފޮތުން ލިބެއެވެ. މިފޮތުން ކުދިން ގެންގުޅެންވާގޮތުގެ މަގުދައްކައެވެ. މިފޮތަކީ މައިންބަފައިންނަށް ބޭނުންވާ ހުނަރު އެމީހުންނަށް ކިޔައިދޭ ފޮތެކެވެ.

ކުދިންގެ އަޚުލާގު ރަނގަޅުކޮށް ކުދިންގެ ކިޔެވުން މޮޅުކޮށް ކުދިންގެ ދީންވެރިކަން ކުރިއަރުވަން މިފޮތުން އެހީތެރިވެ މަގުދައްކައެވެ. މިފޮތުގައި ތަރުބިއްޔަތުކުރުމުގައި ބަލަންޖެހޭ މުހިންމު 13 ދާއިރާއަކުން މައުލޫމާތު ގެނެސްދީފައިވެއެވެ. ތިރީގައި ވަނީ އެ 13 ޗެޕްޓަރގެ ސުރުޚީތަކެވެ.

  • ދަރިން ތަރުބިއްޔަތުކުރުމުގައި އިސްލާމް ދީނުގެ ދައުރު
  • ކާމިޔާބު މައެއްގެ/ބަފައެއްގެ (ބެލެނިވެރިއެއްގެ) ސިފަތައް
  • ކުއްޖާގެ އުޅުމަކީ ކޮބައިކަން ދެނެގަތުން
  • ކުއްޖާއާއި ބެލެނިވެރިޔާގެ ގުޅުން
  • އެހީތެރިވެދިނުމުގެ ހުނަރުތައް
  • ސާބިތުކަމުގެ ހުނަރުތައް
  • ކުރިމަތިލުމުގެ ހުނަރު
  • މައްސަލަ ހައްލުކުރުމުގެ ހުނަރު
  • ކަމުނުދާ އުޅުން ހުއްޓުވަން މާހައުލު ބަދަލުކުރުން
  • ފެންނަގޮތް ތަފާތުވެގެން އުފެދޭ މައްސަލަ ހައްލުކުރުން
  • ކުދިންނަށް އަދަބު ދިނުން
  • ރަނގަޅަށް މުވާސަލާތުކުރުން
  • ދަރިން ހަރުދަނާ މީހުންނަށް ހެދުން

ޖުމްލަ 122 ސަފުހާގެ މިފޮތް ބުކްޝޮޕްތަކުން އަދި އޮންލައިންކޮށް ލިބޭނެއެވެ. ފޮތެއްގެ އަގަކީ 110 ރުފިޔާއެވެ. އޮންލައިންކޮށް ގަންނަން ގުޅާނީ 9227844 ނުވަތަ 9981062 އަށެވެ.

                   

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *