Support Us

ހަތިޔާރު ހިފައިގެން ދިޔަ ޔުކްރޭންގެ ރޭލަކަށް ރަޝިޔާއިން މިސައިލް ޙަމަލާއެއް ދީފި

ޔުކްރޭންގެ މެދުތެރޭގައި ޑްނެޕިރޯ ޕިޓްރޮވުސްކް ސަރަޙައްދުގައި ހަތިޔާރާއި އެމިޔުނިޝަން އަރުވާ ބަރާކޮށްގެން ދިޔަ ރޭލަކަށް ރަޝިޔާއިން މިސައިލް ޙަމަލާއެއް ދީ އެ ރޭލު ގޮއްވައިލާ އޭގައި ހުރި ހުރިހާ ހަތިޔާރުތަކެއް ގޮއްވައިލައި އަންދައިލައިފިއެވެ. 

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ފެތުރި ފޮޓޯތަކާއި ވީޑިއޯތައް ބުނާގޮތުގައި މި ރޭލް ދަތުރުކުރީ މިގަވާޔާ އިސްޓޭޝަނަށެވެ. 

އަނެއްކޮޅުން ޔުކްރޭނުން ބުނާގޮތުގައި ރަޝިޔާއިން ހުޅަނގު ޔުކްރޭނަށް ދެމުންގެންދާ ޙަމަލާތަކުގެ އަމާޒަކީ ޔުކްރޭންގެ ރަންވޭތަކާއި އިނގިރޭސިވިލާތުން ދީފައިވާ ސްޓޯމް ޝެޑޯ މިސައިލާއި ފަރަންސޭސިވިލާތުން ދީފައިވާ ސްކެލްޕް މިސައިލް ހަރުތައް ހަލާކުކޮށްލުމެވެ. 

ޔުކްރޭނުގެ ދުވަހު ނޫހެއް ބުނާގޮތުގައި ރަޝިޔާގެ ޙަމަލާތަކުން ރައްކައުތެރިވުމަށް ޓަކައި ޔުކްރޭނުން މިހާރު ދަނީ މި ހަތިޔާރުތަކާއި ޔުކްރޭނުގެ މުހިއްމު ހުނަރުވެރިން އެކި ހިސާބިހިސާބަށް ގެންދަމުންނެވެ.

އިނގިރޭސިވިލާތުގެ ފައިނަންޝަލް ޓައިމްސް ބުނާގޮތުގައި ޔުކްރޭނުގެ ޕައިލެޓުން ދުވާލަކު 10 ވައިގެ ބަނދަރަށާއި ވައިގެ  ބޭސްތަކަށް ބަދަލު ކުރެވެއެވެ.

ޔުކްރޭނުގެ  ވައިގެ ޢަސްކަރިއްޔާގެ ތަރްޖަމާނު ޔޫރީ އިގްނަޓާއި ދިފާޢީ ވަޒީރުގެ މުޝީރު ޔޫރީ ސެކް ހާމަކުރެއްވި ގޮތުގައި ޔުކްރޭނަށް ވައިގެ ދިފާޢީ ނިޒާމުތައް ބޭނުންވަނީ މިހެންވެގެންނެވެ. ސެކް ވިދާޅުވި ގޮތުގައި ޔުކްރޭނަށް އެފް-16 މަތިންދާބޯޓުތައް ލިބުން އަވަސް ކުރަން ޖެހެނީ މިހެން ވެގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *