Support Us

Ein F-16-Kampfflugzeug der rumänischen Luftwaffe (oben) und F-16-Kampfflugzeuge der portugiesischen Luftwaffe, die an der Baltic Air Policing Mission der Nato im Baltikum teilnehmen, operieren am Montag, 22. Mai 2023 im litauischen Luftraum. +++ dpa-Bildfunk +++

މި އަހަރު ޔުކްރޭނަށް އެފް-16ގެ މަތިންދާބޯޓު ލިބޭނެކަމުގެ އުންމީދެއް ނެތް

އެމެރިކާއިން ކިޔީވަށް ދިނުމަށް ވަޢުދުވެފައިވާ އެފް 16 ގެ ހަނގުރާމަމަތީ މަތިންބޯޓުތައް މި އަންނަ ޚަރީފު މޫސުމުގައްޔާއި ފިނިމޫސުމުގައި ބޭނުންކުރަން ލިބޭނެކަމުގެ އުންމީދެއް ނެތްކަމަށް ޔުކްރޭންގެ ވައިގެ ބާރުތަކާބެހޭ ތަރްޖަމާން ޔޫރީ އިހަނަޓް ވިދާޅުވެއްޖެއެވެ.

އޭނާ ޔުކްރޭންގެ ޓީވީ ޗެނެލްތަކަށް ދެއްވި ބަޔާނެއް ބުނާގޮތުގައި "އަހުރެމެންގެ ހުޅަނގުގެ އެކުވެރީންގެ ކިބައިން މި މަތިންދާބޯޓުތައް ދިނުމަށް މި ދަނީ އާދޭސްކުރަމުންނެވެ. އެހެނަސް މި އަހަރު އެ ބޯޓުތައް ނުލިބޭނެކަން މިހާރު ޔަޤީންވެއްޖެއެވެ."

ޔުކްރޭނުގެ ރައީސް ޒިލެންސްކީ ވިދާޅުވާ ގޮތުގައި ރަޝިޔާ ބަލިކޮށް ހަނގުރާމަ ނިންމައި ލެވޭނީ އޭރުންނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑްން މި ހުސްވި މޭ މަހު ވަނީ ޔުކްރޭނުގެ ޕައިލެޓުންނަށް މި ބޯޓުފަހަރު ބޭނުންކުރުމަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް އެއްބަސްވެ ވަޑައިގެންފައެވެ. އެހެނަސް ރައީސް ބައިޑްން ބޯޓު ދިނުމާ ބެހޭގޮތުން ވަކި ތާރީޚެއް ކަނަޑައެއް ނާޅުއްވައެވެ.

ހުޅަނގު ތަކްރާރުކޮށް ބުނާގޮތުގައި ރަޝިޔާ ބަލިކުރުމަށް ހުޅަނގުން ކިޔީވަށް ހުރިހާ އެހީއެއް ވާނެއެވެ. އެހެނަސް ނޭޓޯއާ ރަޝިޔާއާ ދެމެދުގައި ސީދާ ހަނގުރާމައަކަށް ދިޔުމަށް އެމެރިކާއަކުން ނޭދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *