Support Us

ރަޝިޔާއިން ޔުކްރޭނުގެ ގޮވާން ގުދަންތަކަށް ޙަމަލާދީފި

މޮސްކޯގެ ހުޅަނގު ދެކުނު ކަލޯގާ ސަރަޙައްދަށް މިއަދު ހެނދުނު ޔުކްރޭނުން ދޭން އުޅުނު ޑްރޯން ޙަމަލާއެއް ނާކާމިޔާބުކޮށްލައިފައިވާ ކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ.

އެ ސަރަޙައްދު މަތިން ތިން ޑްރޯން ވައްޓައިލި ކަމަށް އެ ވުޒާރާއިން ބުންޏެވެ. މީގެ އިތުރަށް ކްރިމިޔާ މަތިން ވެސް ޑްރޯނެއް ވައްޓައިލައިފައިވާނޭ ކަމަށް އެ ވުޒާރާގެ ޓެލެގްރާމުގައި ބަޔާންކޮށްފައި ވެއެވެ. ޓެލެގްރާމު ޞަފްޙާ ބުނާގޮތުގައި މި ޙަމަލާތަކުގެ ސަބަބުން މީހަކަށް ވެސް އަދި ތަނަކަށް ވެސް އެއްވެސް ގެއްލުމެއް ނުލިބެއެވެ. 

މިއީ ކަލޯގާ މަތިން ޔުކްރޭންގެ ޑްރޯންތައް ވައްޓައިލި ފަސްވަނަ ފަހަރެވެ. އޮގަސްޓް މަހު ތިނެއްގައްޔާއި ހަތެއްގައްޔާއި މި ދިޔަ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު މި ސަރަޙައްދަށް ޙަމަލާދިނުމަށް ޔުކްރޭނުން ޑްރޯންތައް ފޮނުވިއެވެ. މިއިން އެއްވެސް ޙަމަލާއަކުން މި ސަރަޙައްދަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. 

ރަޝިޔާގެ ލަޝްކަރުގެ ޑްނީޕަރ ބާރުތަކުގެ ތަރްޖަމާނު ރޯމަން  ކޮޑްރިޔާން ވިދާޅުވިގޮތުގައި ޑްނީޕަރ ބާރުތަކުން ޑްނެޕަރ ކޯރުގައި އޮންނަ މަލްކީ ޖަޒީރާގައި ތިބި ޔުކްރޭން ސިފައިންނަށް އިއްޔެ ވަރުގަދަ ޙަމަލާއެއްދިނެވެ. މި ހަމަލާގެ ސަބަބުން ޔުކްރޭންގެ 20 ސިފައިން މަރުވިއެވެ. އަދި މިރަށުގައި ހުރި ޢަސްކަރީ އެތައް ލޯންޗުތަކެއް ހަލާކުކޮށްލިއެވެ. ރޫސީ ސިފައިން މި ޙަމަލާދިނީ ޖާސޫސީ ފޮޓޯތަކުން ޔުކްރޭން ސިފައިން ޙަރަކާތްތެރިވާން އުޅޭތަން ފެނިގެންނެވެ. 

މި ސިޔާގުގައި ޔުކްރޭންގެ ޢަސްކަރިއްޔާ ބުނާގޮތުގައި އޮޑިއްސާއާއި މިކޮލައިވް މަތިން  ޝާހިދު މަރުކާގެ 13 ޑްރޯން ވައްޓައިލެވުނެވެ. މި ޑްރޯންތަކަކީ އޮޑިއްސާ ބަނދަރުގެ ބިނާރުތަކަށް ޙަމަލާދޭން އުޅުނު ޑްރޯންތަކެކެވެ. މީގެ އިތުރަށް ޚާރްކީވް ސަރަޙައްދުން ތިން ޑްރޯން ވައްޓައިލިއެވެ. ޔުކްރޭން ބުނާގޮތުގައި ރަޝިޔާއިން ފޮނުވި ހުރިހާ ޑްރޯންތަކެއް ވައްޓައެއް ނުލެވެއެވެ.

މި ސަރަޙައްދުގައި އޮންނަ ޔުކްރޭންގެ ޢަސްކަރީ ބާރުތަކުގެ ވެރިޔާ ހާމަކުރެއްވި ގޮތުގައި އިއްޔެ ރޭ އެ ސަރަޙައްދަށް ޙަމަލާދިނުމަށް ރަޝިޔާއިން ދެ ފަހަރަށް މަސައްކަތްކޮށްފައި ވެއެވެ. މި ޙަމަލާތަކުގެ އަމާޒުތަކަކީ ބިނާރުތަކާއި ގޮވާން ގުދަންތަކާއި ބަނދަރުތަކެވެ. މި ޙަމަލާތަކުގެ ސަބަބުން ގޮވާން ގުދަންތަކުގައި ރޯވެ ވަރަށް ބޮޑަށް ގެއްލުން ލިބުނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *