Support Us

ޝާމު ބޮކަރުގެ އަތަރު އަސަރެއް

(އަމިއްލަ ރާގެއް)

 

ޝާމު ބޮކަރުގެ އަތަރު އަސަރެއް އާނ! މަގޭ ރޫޙާ އެކީ

ހާމަ މަގުތަކު ބިކަ ހިނގާއިރު  މާ މަގޭ ގާތުގަ ވެޔޭ

ޝާމު ބޮކަރުގެ އަތަރު އަސަރެއް…

 

ރޫމު ރަސްގޭ ކޮއިލުތެރެ ފަދަ…  އާނ! މަށަށް ލިބިފައި ނެތަސް

ނޫމުތީ ފަދަ ޖައުހަރެއް އަދު  ނާ މަގޭ އުނގުގައި ވެޔޭ

ޝާމު ބޮކަރުގެ އަތަރު އަސަރެއް…

 

ހާމަ ތަންތާ އެކަނި ވާއިރު  އާނ! މަށެއް ދެރަޔެއް ނުވޭ

ވައިމަތިން ނަލަ ހުވަނދު ރޯޅިއެ  މޫނުގައި ފިރުމައިލަޔޭ

ޝާމު ބޮކަރުގެ އަތަރު އަސަރެއް…

 

މާ މަތިން ދާ ކަޅު ވިލާ އަދު   އާނ! އެ ދާ ތާކަށް ދެޔޭ

ދާ މަގުން އަހަރެން ގޮވައިގެން  ވީމަ ދާން އަންނާނެޔޭ

ޝާމު ބޮކަރުގެ އަތަރު އަސަރެއް…

A Whiff of Bakhoor Fragrance from the Levant

"Ibrahim Waheed "Kalaavehi

(original tune)

 

A whiff of bakhoor fragrance from the Levant

،Yes! It lives with my soul

.As I trudge along the open roads like a drifter

:It is always so close to me

.A whiff of bakhoor fragrance from the Levant

 

…The likes of the court of the Emperor of Rome

،Yes! Even though I do not possess such abodes

A precious jewel like the blue pearl

:Surely it lies in my lap today

.A whiff of bakhoor fragrance from the Levant

 

…When I sit alone in wide-open places

.Yes! I do not feel sad

Gentle breezes blow perfumed from the windward side

And caress my face (with)

.A whiff of bakhoor fragrance from the Levant

 

Today, the black clouds drift so high in the sky

.Yes! They go where they have to go

،When I have to go the same way

:When that time comes, it will come to accompany me

.A whiff of bakhoor fragrance from the Levant

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *