Support Us

ސަރަޙައްދީ މަސްއަލަތައް އަވަހަށް ޙައްލުކުރުމަށް ޗައިނާ، އިންޑިޔާ އެއްބަސްވެއްޖެ

ސަރަޙައްދީ ބިންތަކުގައި ޞުލްޙަ ދެމެހެއްޓުމަށާއި އެ ސަރަޙައްދުތައް ހަމަހިމޭންކަން މަތީގައި ބޭއްވުމަށް  ޗައިނާއާއި އިންޑިޔާގެ ޢަސްކަރީ ވެރިންގެ 19 ވަނަ ބައްދަލުވުމުގައި އެއްބަސްވެ ވަޑައިގަތްފިއެވެ. 

ޗައިނާގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާން ބުނާގޮތުގައި ހުޅަނގު ސަރަޙައްދު މިހާރު އޮތް ހަމަހިމޭންކަން މަތީގައި ބޭއްވުމަށް ދެ ފަރާތުން އެއްބަސްވިއެވެ. ޗައިނާއިން ސިފަކުރި ގޮތުގައި މި ބައްދަލުވުމަކީ ވަރަށް ބިނާކުރަނިވި ވަރަށް ފައްސި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ހުރި މަސްއަލަތަކާމެދު ވަރަށް ފުންކޮށް ބަޙުސްކުރި ކަމަށް ޗައިނާއިން ބުންޏެވެ.

ޗައިނާ ބުނާގޮތުގައި މިހާރު ހުރި މަސްއަލަތައް އަވަހަށް ޙައްލުކުރުމަށް ދެ ފަރާތުން އެއްބަސްވިއެވެ. މި މަސްއަލަތައް ޙައްލުކުރުމަށް ޓަކައި ޢަސްކަރީ ފެންވަރުގައްޔާއި ސިޔާސީ ފެންވަރުގައި ވާހަކަދެއްކުންތައް ބޭއްވޭނެކަމަށް ޗައިނާއިން ބުންޏެވެ.

ޓިބެޓް ސަރަޙައްދާ އިންވެގެން އޮންނަ ލަޑަޚު ސަރަޙައްދުގައި ޖޫން 2020ގައި ހިނގި ކުރިމަތިލުންތަކާ ވިދިގެން އެ ސަރަޙައްދު އޮތީ ވަރަށް ނުތަނަވަސް ވެފައެވެ. މި ކުރިމަތިލުންތަކުގައި އިންޑިއާ ސިފައިންގެ 20 މީހަކު މަރުވިއެވެ. ޗައިނާގެ ސިފައިންގެ ތެރެއިން މަރުވީ ކިތައް މީހުން ކަމެއް ނޭނގެއެވެ. ހަމަ އެ އަހަރުގެ ޑިސެންބަރުގައި ކުރިމަތިލުންތަކެއް ވަނީ ހނގައިފައެވެ.

އިންޑިޔާއާއި ޗައިނާ އާ ދެމެދުގައި 3800 ކީލޯ މީޓަރުގެ ދިގު ސަރަޙައްދެއް އޮވެއެވެ. މި ސަރަޙައްދުގެ އިން އޮތީ ވަކި ނުކުރެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *