Support Us

ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 89 މީހުން

ކޮވިޑް19 ޖެހިގެން މިއަދު 89 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

މި ބަލި ފެތުރޭ މިންވަރު އެންމެ ބޮޑަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވަނީ މި އޮގަސްޓް މަހުގަ އެވެ. ނަމަވެސް އިއްޔެއިން ފެށިގެން މިވަނީ ބަލިޖެހޭ މިންވަރު ދަށްވާން ފަށައިފަ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި 89 މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 19 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ހަ މީހަކާއި ސްރީލަންކާގެ ދެ މީހަކާއި އިނގިރޭސިވިލާތުގެ ދެ މީހުންނާއި އެމެރިކާ މީހެއްގެ އިތުރުން މިސުރު މީހެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރެމުންދާ ސްޕީޑަށް ބަލާފައި މި އޮގަސްޓް މަހު ބަލި ޖެހޭ މިންވަރު އިތުރުވަމުންދާނެ ކަމަށް ނޭޝަނަލް އެމެންޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް މި އޮގަސްޓް މަހު ޕޮޒިޓިވްވާނެ ކަމަށް އެންއީއޯސީގެ ދިރާސާއަކުން ވަނީ ދައްކައިފަ އެވެ. އެގޮތުން އަންދާޒާ ކުރި އަދަދަށްވުރެ ގިނައިން އޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ފަހުން އަދަދުތައް އުޅުނީ މުޅިންވެސް ސަތޭކައިން މަތީގަ އެވެ.

ބަލި ފެތުރެމުންދާ މިންވަރު އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅަން ފަށައިފަ އެވެ. އެގޮތުން އިއްޔެއިން ފެށިގެން މާލޭ ސަރަހައްދުގައި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ގެންދަނީ ކާފިއު ހިންގަމުންނެވެ. އަދި ބޭރު ތެރޭގައި އުޅޭއިރު ފަސް މީހުންނަށްވުރެ ގިނައިން އެއްކޮށް ނޫޅުމަށާއި އާއްމު ތަންތަނުގައި ގްރޫޕް ހަދައިފައި ކުޅިވަރުތައް ނުކުޅެން ވަނީ އަންގާފަ އެވެ. އަދި ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓްތައް ވެސް 9:30 ގައި ބަންދުކުރުމަށާއި އޭގެ ފަހުން ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތްތައްވެސް ނުދޭން ވަނީ އަންގާފަ އެވެ.

ކޮވިޑް ޖެހިފައިވާ މީހުން އަދަދު މިހާރު 4769  އަށް އަރާފަ އެވެ. އަދި އައިސޮލޭޝަންގައި ފެސިލިޓީޒްތަކުގައި 1470 މީހުން ތިބިއިރު ހޮސްޕިޓަލްތަކުގައި 129 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މިހާތަނަށް ކޮވިޑް ޖެހިގެން 19 މީހުން ވަނީ މަރުވެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *