Support Us

ކުއްލި ނުރައްކަލުގެ ހާލަތު 6 ސެޕްޓެމްބަރުގެ ނިޔަލަށް އިތުރުކޮށްފި

ކޮވިޑް19 ރާއްޖޭގައި ފެތުރެން ފެށުމާ ގުޅިގެން އިޢުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ސެޕްޓެމްބަރުގެ މަހުގެ 6 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފި އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ނެރުއްވި ޤަރާރެއްގައި ވިދާޅުވެފައި ވަނީ އާއްމު ސިއްހަތް ކުއްލި ނުރައްކާ އިތުރުކުރީ ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް ބަލި ފެތުރުމުގެ ބިރު އަދިވެސް ރާއްޖެގައި އޮތުމުން ކަމަށެވެ. ކޮވިޑާ ގުޅިގެން އާއްމު ސިއްހަތު ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާން ކުރީ 12 މާޗް 2020 ގަ އެވެ.

"ދިވެހި ރާއްޖޭގައިމި ބަލި ފެތުރުމުގެ ނުރައްކާ އަދި ވެސް އޮތް ކަމަށާއި 12 މާޗްގައި އިޢުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ކަމަށާއި އަދި އެ ނުރައްކާ ކުޑަކޮށް އާއްމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހައްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލް ކުރެވޭ ކަމަށް އަހަރެންނަށް ލަފާދީފައިވީ ހިނދު އާއްމު ސިއްހަތު ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން 12 މާޗް 2020 ގައި އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު  20 ސެޕްޓެމްބަރުގެ ނިޔަލަށް ދެމިހެއްޓުމަށް ނިންމައި އެކަން އިއުލާންކޮށްފީމެވެ." ހެލްތް މިނިސްޓަރުގެ ގަރާރުގައި ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ވަގުތާއި ހާލަތަށް ބެލުމަށް ފަހު އާއްމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް އަޅަމުން ގެންދިއުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ހެލްތް މިނިސްޓްރީން ވަނީ އެގަރާރުން އަންގާފަ އެވެ.

ކޮވިޑް ބަލި ފެތުރެމުންދާ މިންވަރު އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ސަރުކާރުން މިހާރު ވެސް ގެންދަނީ އަޅަމުންނެވެ. އެގޮތުން ބޭރުތެރެގައި އުޅޭ އިރު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި މާލޭ ސަރަހައްދުގައި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ގެންދަނީ ކާފިއު ހިންގަމުންނެވެ. އަދި ބޭރު ތެރޭގައި އުޅޭއިރު ފަސް މީހުންނަށްވުރެ ގިނައިން އެއްކޮށް ނޫޅުމަށާއި އާއްމު ތަންތަނުގައި ގްރޫޕް ހަދައިފައި ކުޅިވަރުތައް ނުކުޅެން ވަނީ އަންގާފަ އެވެ. އަދި ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓްތައް ވެސް 9:30 ގައި ބަންދުކުރުމަށާއި އޭގެ ފަހުން ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތްތައްވެސް ނުދޭން ވަނީ އަންގާފަ އެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *