Support Us

މިނިވަންކަމުގެ ބަޠަލު

މިނިވަންކަން ލިބުނު އެއްބަސްވުމުގައި ދިވެހި ރާއްޖެ އާއި އިނގިރޭސިވިލާތް ސޮއިކުރައްވަނީ

މިނިވަންކަމުގެ ޙަގީގީ ބަޠަލޭ، ޔަގީނެ! ނާސިރު
މިނިވަން ކަމެއްގެ ނޭވާ ގައުމުން މިލެއްވި ނާސިރު

މިނިވަންކަމުން ނިދާލަން، ދިވެހިން އަރާމު ކޮށްލަން،
ހިނިތުންވެ ތިބެ މިބިމުގައި، އެހަނދާން ކުރަންވި ނާސިރު

މުޅި ދުނިޔެވެސް އެބަޔަކަށް ބިރުގަންނަ ފަދަ ނުފޫޒުގެ،
މުޅި ވަކިދަށުން މިފަސްގަނޑު މިނިވަންކުރެއްވި ނާސިރު

އެއްވެސް ވަސީލަތެއްނެތި، ސިކުނޑީގެ މޮޅު ޖިހާދުން،
ފެއްސާ، ރަތާ، ހުދުން، ދިދަ، އުފުލައި މިލެއްވި ނާސިރު

މުޅި ޚާރިޖީ ސިޔާސަތު "ހިރަފުސް ފޮޅައި އޮމާންކޮށް"
ދުނިޔޭގެ ކުރިމަތީގައި ޝުހުރަތު ކުރެއްވި ނާސިރު

ވޯރާވެރިން މިގައުމުން ފައްސާ،ފަހައި، ދުރައްލާ
ބޯދާ ޒަމާން ބަދަލުކޮށް، ލޯ ހުޅުވަދެއްވި ނާސިރު

ވިޔަފާރިއާއި، ދިވެހިން، މަސްވެރިކަމުގެ ވަސީލަތް،
ދިވެހިން އަތަށް ގެނެސްދީ އަނބުރާ މިދެއްވި ނާސިރު

ތަނަވަސްކަމާ ތަރައްޤީ ޢިލްމާއި އެކި ހުނަރުތައް،
އަބަދަށްޓަކާ މިކަން ކަން ބިންގާ އެޅުއްވި ނާސިރު

ދެއްވުން އަދައި އެނިޢްމަތް މަތިވެރިވި ސުވަރުގޭގައި،
ލެއްވުން އަދައި ދުޢާކޮށް، ޒިކުރާ ކުރަންވި ނާސިރު

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *