އަދުގެ މަސްރަހު ލޮލަށް ފެނުމުން އަސަރުނުކުރާ ވަރެއްނޫނޭ
ލަދުން އިސްއުފުލުމުން ސަހަރޯ! ހިތަށް ކެތްވާ ވަރެއްނޫނޭ
ހިތަށްއެރިހާ ނުބައި ކުފުރެއް ދުލުން އިއްވާ ގަނާކުރަމުން
ބިތަށް އެބުރޭ ބަޔަކު ފެނުމުން ހިތުން ނޮރޮވޭ ވަރެއްވޫނޭ
އިހަށް ނުދެކޭ ވަބާތަކުގައި ގިނަވެ ބައިމަސް ބަޔަށް ބެހިގެން
އިހަށް ދުވަހަކު ގެނައި "ތަހުޒީބަކުން" ނުސިހޭ ވަރެއްނޫނޭ
ވަތުން ހިންގާ ނުބައި ގުޖަޑާ އަތުން ފޮރުވާ ޖަރީމާތައް
ކަތުންނަށް ހާމަވެވި ދިއުމުން ލަދުން ނުވިރޭ ވަރެއްނޫނޭ
"މަގޭ ދީނާއި ގައުމު"ގެ ނަން ހަދައި އައްޑަނަޔަކަށް ދިއްކޮށް
އަގާއި ގަދަރު ނަގައިލާތީ މަޑުން ތިބެވޭ ވަރެއްނޫނޭ
ތޮޅޭ ތޮޅުމުގެ ހަގީގީ މަގުސަދާ ނިޔަތާއި ރައްޔިތުނަށް
އޮޅޭވަރުވީމަ ގައުމާ މެދު ފިކުރުނުކުރާ ވަރެއްނޫނޭ
