އުފުލެމުން ގައުމަށް އެ ބިންދާ ރާޅު ދެކެނީ ކާކުހޭ
އުފަލަކަށް ރާޅުގެ ފޮނާ އެކު ހިނދި ދަނީ ފަހެ ކީއްވެހޭ
ދުރުދުުރުން މާ ދުރުދުރުން އައި ބާޒުދިންހާ ހަމަލައަށް
ކެރި ދިފާޢަށް ނުކުތުމަށް އުޒުރެއް އެދުހު ދައްކާލިހޭ
ބަޑިތަކާ ހަތިޔާރު ހިފަމުން އައި ހުޅަނގު ބައިގަޑުގަނޑަށް
ބޮނޑިތަކުން މާ ވެދުމަކަށް އަރުވާ ބެރުން ތަން ގުގުމިހޭ
އިރު އެ ދިދައަށް އޮއްސުމީ ވާނޭ ކަމެއް ނޫނޭ ކިޔަސް
ހުރުމަތާ އެކު އެދިދައަށް ދިވެހިންގެ ދިދަ ދީލާލިހޭ
އެދި ކަތުން ކިބައިން ރޮމުން ދިވެހިންގެ ދިދަ އަދު އެބުނަނީ
މަދަދުވެރި އަދި ވާގިވެރި ޤައުމަށް ވުމަށް ރުހިދާނުހޭ
ހެއްލިގެން ކުލަތަކުތެރޭ، ޤައުމުގެ ބަހާތައް ހަނދުމަނެތި
ގެއްލުމުން ޤައުމުގެ ކަރާމާތް، ދާނެކަން ވިސްނާނުހޭ