Support Us

ޕޫޓިން ދެއްވި ބަޔާން ޕޮލެންޑުން ކުށްވެރިކޮށްފި

ރޫސީ ރައީސް ޕޫޓިން ޕޮލެންޑާ ބެހޭގޮތުން ވިދާޅުވި ބަސްފުޅުތައް ވެރިރަށް ވޯސޯއިން ކުށްވެރިކޮށްފިއެވެ.

ވޯސޯގައި ހުންނަވާ ރޫސީ ސަފީރު ޕޮލެންޑްގެ ޚާރިޖިއްޔާއަށް މިއަދު ގެންގޮސް އެކަން ކުށްވެރިކޮށް އިޙްތިޖާޖުގެ ނޯޓެއް ޙަވާލުކުރިއެވެ. ވޯސޯ ބުނާގޮތުގައި ރައީސް ޕޫޓިންގެ ބަޔާނަކީ "މަލާމާތުގެ" ބަސްފުޅުތަކެކެވެ. 

ރޫސީ ރައީސް ޕޫޓިން ހުކުރު ދުވަހު ދެއްވި ބަޔާނުގައި ތުހްމަތުކުރެއްވި ގޮތުގައި ޔުކްރޭންގެ ހުޅަނގުބިތުގެ ބައެއް ބިންތައް ހފުމަށް ޓަކައި ޕޮލެންޑުން ދަނީ "ބަދަލުހިފުމުގެ ރޭވުންތަކެއް" ރާވަމުންނެވެ. ރަޝިޔާއިން މީގެ ކުރިން ވެސް ވަނީ މި ފަދަ ތުހްމަތުތަކެއް ކޮށްފައެވެ.

ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޕޫޓިން ވިދާޅުވިގޮތުގައި ޕޮލެންޑްގެ ހުޅަނގު ސަރަޙައްދަކީ ދެވަނަ ބޮޑުހަނގުރާމަ ނިމުމުން ސޮވިއެޓް ޔުނިއަންގެ ޒަޢީމު ޖޯޒިވް ސްޓާލިން ޕޮލެންޑް ރައްޔިތުންނަށް ހަދިޔާ ކުރެއްވި ބިންކޮޅެކެވެ. 

ޕޮލެންޑްގެ ޚާރިޖީ ވަޒީރުގެ ނައިބު ހާމަކުރެއްވިގޮތުގައި ރޫސީ ސަފީރު ޚާރިޖިއްޔާއަށް ގެންނަން ޖެހުނީ ޕޫޓިންގެ މި މަލަމާތުގެ ބަސްފުޅުތަކަށް ރައްދު ދިނުމަށް ޓަކައެވެ. އޭނާ ވިދާޅުވިގޮތުގައި "ރަޝިޔާއިން ދަނީ އަހުރެމެންނަށާއި އަހުރެމެންގެ އެކުވެރީންނަށް ބިރުދައްކަމުންނެވެ."

ރޫސީ ސަފީރާ ބައްދަލުކުރެއްވުމަށްފަހު އޭނާ ނޫސްވެރީންނާ ބައްދަލުކުރައްވަމުން ވިދާޅުވިގޮތުގައި "ބައްދަލުވުން ވަރަށް ކުރެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "ޤައުމުތަކުގެ ސަރަޙައްދުގައި ނުބީހެވޭނެއެވެ. ޕޮލެންޑުން ސަރަޙައްދުތައް މުރާޖަޢާކުރުމާ ދެކޮޅު ހަދައެވެ."

ޕޮލެންޑްގެ ބޮޑުވަޒީރު މެޓިޔޮޝް މޮރަވިޓްސްކީ އޭނާގެ ޓްވިޓަރުގައި ލިޔުއްވިއެވެ. "ސްޓާލިނަކީ ހަނގުރާމައިގެ މުޖްރިމެކެވެ.ޕޮލެންޑްގެ އެތައް ހާސް ބަޔަކު އޭނާ ވަނީ މަރައިފައެވެ."

ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި 1945ގައި ދެވަނަ ބޮޑުހަނގުރާމަ ނިމުމުން ދުނިޔޭގެ ބޮޑެތި ބާރުތަކުން ޕޮލެންޑްގެ ސަރަޙައްދު ވަނީ ހުޅަނގުބިތަށް 300 ކީލޯމީޓަރަށް ފުޅައު ކޮށްފައެވެ. އަދި 1939ގައި ޕޮލެންޑް ސަރަޙައްދުން ސޮވިއެޓް ޔުނިއަނަށް އިތުރުކުރި ބިންތައް ވަނީ ސޮވިއެޓް ޔުނިއަންގެ ބިންތަކެއް ކަމުގައި ހަދައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *