Support Us

އެތައް ދުވަހަކަށް ފަހު ބައްދަލުވުމުން….

އޭނާ ބުންޏެވެ!

"އަހަރެން މަތިން ހަނދާން ވެސް ނެތުނީ ހެއްޔެވެ؟"

އަހަރެން ބުނީމެވެ.!

އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ ކަލޭ އަހަރެންގެ ހިތުގައި ވަނީ އޭގައި ޖަހާ ވިންދު ފަދައިންނެވެ.

 

އޭނާ ބުންޏެވެ!

"ނުގުޅަނީ ކީއްވެ ހެއްޔެވެ؟ ޙާލު ނުބަލަނީ ކީއްވެ ހެއްޔެވެ؟"

އަހަރެން ބުނީމެވެ!

ނުގުޅަމެވެ. ނުގުޅަނީ ގުޅޭނެ ގޮތް ނުވާތީއެވެ! ޙާލު ބަލަމެވެ! ޙާލު އެނގެއެވެ.

މަންމަ މި ދޭތެރެއަކު ހަސްފަތާލުގައި ބޭއްވި ނޫން ހެއްޔެވެ؟

މިހާރު ތިޔަ އުޅެނީ އައު ވަޒީފާއެއްގައި ނޫން ހެއްޔެވެ؟

"ޜީޜޯ" ވެސް ހުޅުވައިފީމު ނޫން ހެއްޔެވެ؟

އެ ތާގެ ރަހަތައް މީރެވެ!

އަހަރެން ހީ ކުރީ ކެފޭއަށް ކިޔާނީ އެހެން ނަމެއް ކަމަށެވެ.

 

އޭނާ ބުންޏެވެ!

"ހައިރާން ވެއްޖައިމެވެ! އަންތަރީސް ވެއްޖައިމެވެ! އަހަރެމެން ވަކިވިތާ އެތައް އަހަރެއް ވެއްޖެއެވެ. ކަލެއަކަށް ބަދަލެއް ނާދެއެވެ! އަހަރެންގެ ކަންކަމަށް ދިން އިސްކަން އޭރެކޭ އެއް ފަދައިން މިހާރު ވެސް ހަމަ ދެމު ހެއްޔެވެ؟ ނިކަން ބުނެބަލާށެވެ! ކަލޭ ރަނގަޅު ހެއްޔެވެ! ދިރިއުޅުން ކިހިނެއް ހެއްޔެވެ؟"

 

އަހަރެން ބުނީމެވެ!

ތަގުދީރުގައި ހުރި ގޮތަަށް ކަން ވީއެވެ!

ހާލު އިންޝާﷲ ބަރާބަރެވެ!

ދިރިއުުޅެން ކުރި އުންމީދު ދިޔައީ ފެނަށެވެ!

އެއީ ހުވަފެނެކެވެ!

ހަގީގަތަަކަށް ވީ ކަލޭ ބުނި ބަހެވެ!

"ކަލެއަށް ދުވަހަކު ވެސް އުފަލެއް ނުލިބޭނެއެވެ!"

 

އޭނާ އިސްދަށަށް ޖެއްސެވެ!

ހައިރާންވެ ހުރެއްޖެއެވެ!

ބަސްހުއްޓިއްޖެއެވެ!

 

އަހަރެން ބުނީމެވެ!

ދެރަ ނުވާށެވެ!

އެ ދުވަސް ހިނގައްޖެއެވެ!

ހިތްހެވެވެ!

އަބަދުވެސް ހެޔޮ އެެދެމެވެ!

ހާލު ވެސް ބަލަމެވެ!

އިރާދަކުރެއްވިއްޔާ ދެން ވެސް ބަލާ ނަމެވެ!

ހިތް ހުއްޓިއްޖައުމަށް ދާންދެން ހިތުގައި ވިންދު ޖަހާނެ ނޫން ހެއްޔެވެ؟

 

އޭނާގެ ހިތް އޭނާގެ ގާތުގައި ބުނި ކަހަލައެވެ!

"އޭ މިހިރަ އާވާރާއެވެ! ހަގީގީ ލޯތްބަކީ ކޮބައި ކަން ކަލޭ ދަންނަމު ހެއްޔެވެ!"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *