ކުޅިބައޭ އަތުރާލަނީ ތިބެ ކުރިމަގެއް ކުރަހާލަމުން
ގުޅި ދެތިން ކަތުނާ އެކީގައި، އަޑުތަކެއް ތިބެ އުފުލަމުން
ކޮންމެ ބަޔަކަށް ވާގިދިނުމަށް ކުރި މަތީގައި އެތުރެނީ
އެންމެ ގާތް އަޚުނާއި ދެކޮޅަށް، ފައިނަގާފައި ހީލަމުން
ވާދައަށް ގުންފައިޖަހާފައި، އެކި ދިމާއަށް ފެތުރެނީ
ހޯދަމުން އިދިކޮޅުގެ ބާތައް ކުރިއަރަން ހިތްވަރުލަމުން
ނުފެނި ދިޔަނަމަ ކުރިއަރާނޭ ގޮތްތަކެއް ކުޅިގަނޑުތެރޭ
އުފެދެޔޭ ހައިޖާނު ވަކިވަކި، ކުޅިތަކެއް ކުރި ހޯދަމުން
ބަލިވިޔަސް އެކުވުން އެއީ ކުޅިބައިގެ ހަމައަށް ވީ ކަމަކު
ބަލަ މަނާ މަންތިރިމެ ނުބަލާ، ރޫޅަނީ ކުޅި ބައިވަމުން
ނޭނގެޔޭ ކުޅިބައިގެ ނިމުމެއް، ބޮނދު ބުޑަށް ސައިނުކިޔެނީސް
ރަނގަޅު ނުރަނގަޅު ނޭނގި، ކުޅިތައް ފޭވަނީ ގޮތްދައްކަމުން