Support Us

ރައްޔިތުން ތައްޔާރުވާންވީ

އާ ރިޔާސީ ދައުރަކަށް އަދު ރައްޔިތުން ތައްޔާރުވާންވީ
އާ އެތައްގިނަ ތަޖުރިބާތައް، ރައްޔިތުން ޙާސިލުކުރަންވީ

ވޭތުވާ މާޒީތަކުންކުރި ވައްކަމާ، އަދި ކޮރަޕްޝަން،
އޭގެ ފުރިހަމަ ތަޖުރިބާތައް، ޢިބުރަތެއް ކަމުގާ ބަލަންވީ

ކާކުހޭ "ފަސްބައި ރަނގަޅު" ހުރި ކެންޑިޑޭޓެއްތޯ ބަލައި،
ޙާލުގައި ޤައުމާ، ވަޠަން ޖައްސާނުލާ މީހަކު ނަގަންވީ

ދާޚިލީ، އަދި ޚާރިޖީ، އަދި އިޖްތިމާޢީ، އިޤުތިޞާދީ،
ކާކުތޯ ހުރި ލީޑަރެއް ހޯދައި އެމީހަކު ދެން ހޮވަންވީ

ވަޢުދުކޮށް، ފުއްދާނުދޭ އެތަކެއް ވަޢުދު ހުއްޓާ އަލުން،
ވަޢުދު އިތުރަށް ކޮށްހަދާމީހެއްގެ ޙާލަތު ވިސްނަވަންވީ

ނިކަމެތިން އައިޑީ ތަކާ، ޕާސްޕޯޓުތައް ގަނެ، އަތުލަމުން،
ނިކަމެތިން ވޯޓުން ކުރާ ވައްކަން ބަލައި ހޭލާ ތިބެންވީ

"ރައްޔިތުން ލޮލުގާ އަނދުން އަޅުވާ" ނިކަން މޭކަޕުވެގެން،
ރައްޔިތުން ނެރެ "ޅޮސް އުނދޯއްޔަށް" ނާރުވާ މީހަކު ބަލަންވީ

ޤައުމު އަދި، ވަޠަނާއި، ދީނާ، ކަނޑު، ފަޅާ، ވިއްކާނުލާ
ފަޚުރުވެރި މިނިވަންކަމެއް ހޯދައިދެވޭ ދަރިޔަކު ނަގަންވީ

ރައްޔިތުން މުދަލާއި ފައިސާޔާ ތަކެތި، އެކި މީހުނަށް،
ރަހުނުކޮށް، ވިއްކާނުލާ ދެން ފަރުޖެހޭ މީހަކު ހޮވަންވީ

މިބިމުގައި މިނިވަންކަމާ، ދީނަށްޓަކާ ހަނގުރާމަކޮށް،
މިބިމުމުގައި އެ ޝަހީދުވީހާ ނަންތަކޭ ޒިކުރާ ކުރަންވީ

ވެރިކަމެއް ކޮށްފާ މިފަދަ މީހަކު ނުވާނަމަ ޤައުމުގާ،
ވެރިކަމަށް އާ ލީޑަރަކު ނެރެގެން ބަދަލުކޮށްލަން ހޮވަންވީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
211
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *