Support Us

ދިރިއުޅުމުގައި ކެތްތެރިކަން މުހިންމުވަނީ މިހެންވެ

މުއްސަނދިކަން ހޯދުމަށް ތިބާ މަސައްކަތްކުރާއިރު އަނެކަކު މަސައްކަތް ކުރަނީ ސިއްހަތެއް ހޯދާށެވެ.

ސިއްހަތު ހޯދަން ތިބާ މަސައްކަތްކުރާއިރު، ސިއްހަތު ސަލާމަތްނުވެ އަނެކަކު މަރުވެދެއެވެ.

ބާރެއް ހޯދުމަށް ތިބާ މަސައްކަތް ކުރާއިރު، އެހެން މީހަކު އެ ބާރުތައް ހޯދައި އޭގެ ބޭނުންކޮށް އަދި އޭނާގެ ކިބައިން މިހާރު ވަނީ އެ ބާރުތައް ގެއްލިފައެވެ.

މޮޅު ކާރެއް ތިމާ ދުއްވާލާ ކޮންމެ ފަހަރަކު، ކޮންމެވެސް މީހަކު، ކޮންމެވެސް ތަނެއްގައި ކާރު އެކްސިޑެންޓެއްގައި މަރުވެއެވެ.

ދުނިޔެމަތީގައި އާ ގެއެއް ބިނާކޮށް ދިރިއުޅެން ފަށާ ކޮންމެ ފަހަރަކު، ފަނާވަނިވި ދުނިޔެއަށް ދިއުމަށްޓަކައި ސަހަރާގައި ވަޅެއް ކޮނެ، އެ ތަނުގައި ކޮންމެވެސް ގަބުރެއް ވަޅުލައެވެ.

ކާއެތިކޮޅެއްގެ ކޯވަރެއް ތިބާ އުކާލާ ކޮންމެ ފަހަރަކު، ބަނޑުފުރާމުއްތިކުރުމަށްޓަކައި ކާއެތިކޮޅެއްގެ ކޯވަރެއް ނަމަވެސް ހޯދުމަށް ކޮންމެވެސް ތަނެއްގައި ކޮންމެވެސް މީހަކު މަސައްކަތްކުރެއެވެ.

ނުކެވިގެން ތިބާ ޑަސްބިނަށް ކާއެއްޗެހި އުކާލާ ކޮންމެ ފަހަރަކު، ބާކީ ކާނާކޮޅެއް ހޯދަން އެހެން މީހަކު މަސައްކަތްކުރެއެވެ.

މިހާރުގެ ޙާލަތު އިތުރަށް ރަނގަޅުކޮށް ދެއްވުމަށް މާތްރަސްކަލާނގެއަށް ތިބާ ދުއާ ދަންނަވާ ކޮންމެ ފަހަރަކު، ތިބާގެ މިހާރުގެ ޙާލަތަށް ދިއުމަށްޓަކައި އެހެން މީހަކު ދުޢާ ދަންނަވަތެވެ.

ދުނިޔެމަތީގެ ކޮންމެ ހިނިތުންވުމަކަށް، ދުނިޔެމަތީގެ ކޮންމެވެސް އެހެން ތަނެއްގައި ކަރުނަތިއްކެއް ވެއެވެ.

ދުނިޔެއަށް ކުއްޖަކު އުފަންވެގެން ތިބާ އުފާފާޅުކުރާ ކޮންމެ މުނާސަބަތެއްގައި، ދުނިޔެއިން މީހަކު ވަކިވެގެން ހިތާމަކުރާ މީހުންތައް ތިބެއެވެ.

އެހެންކަމުން އަބަދުވެސް މާތްރަސްކަލާނގެއަށް ޝުކުރުވެރިވާށެވެ.

ކަންތައްތައް ހާސިލްނުވެގެން ޝަކުވާ ކުރުމުގެ ބަދަލުގައި ތިބާއަށް ދެއްވައިފައިވާ ނިއުމަތްތަކަށް އަބަދުވެސް ޝުކުރުވެރިވާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *