ތިޔަ އަސަރުގާ މަ ވެއްޖޭ ޖެހިފައި ތެދޭ ދިވާނާ
ތިޔަ ލޯބި ލޯބި މޫނާ ގުޅިފައި ވަނީ ހަނދާނާ
ހަނދުވަރުގެ ރިހި އަލީގައި ބަބުޅާލި އިޝްގު މަސްތުން
ހަނދުމައިންނެ ދުނިޔެ ކެހުމީ ލޯބީގެ ފުން ގަރީނާ
އެކުގައި އުޅުނު އެ ރޭރޭ ވީމާގަޔާވެ މެހެފިލް
އެކުލައި ބަދަލުވެ ދިޔައީ ދެ ހިތެއްގެ ފޮނި ތަރާނާ
ގެތެމުން އެދިޔަ ޝުއޫރާ ފިނި ހިތްކުރާ ޚިޔާލާ
ނެތުމެއް ނުވޭ ހަށީގައި މި ހިނގާ ލެއާއި ހޫނާ
އިތުބާރަކުން އުފަންވީ ތެދުވެރި ވަފާގެ ރަމްޒެއް
ހިތު ވިންދުގައި ނަށާލައި ކުޅެލައިފިޔޭ ފަސާނާ
ކުރިއަކު ނުދެނެ މަ ހުއްޓާ ކަނަކުން ހިތުގެ އެ ހޭލައި
ފުރިއައި ޝުޢޫރު އިޝްގުން ކޮށްފިޔެ ފަތަހަ ޔަގީނާ
