ޢަދުލު އިންސާފު ހޯދަން ރައްޔިތުން ގޭގައި ތިބެންވީހޭ
ޢަދުލުވެރިކަން ޤަތުލުކޮށްލަން އަތަށް ދީގެން ނިދަންވީހޭ
މިތާހުރި ބިންތަކާ ގޯއްޗާއި ކަނޑު ފަޅުތައް، ބިދޭސީންނަށް،
ބަހައި ހުސްކޮށް ހަދާއިރު ރައްޔިތުން ނިދިފައި ތިބެންވީހޭ
އެތައް ޕާސްޕޯޓަކާ އައިޑީ ހަދާދޭއިރު ބިދޭސީން ނަށް،
އެކަން އޯކޭ. ވެގެން ދިވެހިންގެބިމުގައި ހަނު ތިބެންވީހޭ
މިތަނުގައި މަރުވެފައިވާ ބަޔަކުނަމުގައި ގެދޮރު ދޭއިރުގާ
މިތަނުގައި ދިރި މިތިބަ މީހުން ބަލަން ހެވިފާ ތިބެންވީހޭ
މިތާ ހިކިފަސްބިމުން އަޢުވާނުނަށް ދޭ ގޯތިދީ ނިންމާ
މިތާތިބި ނިކަމެތިން ކަނޑު ފަޅު ފަތަން ރުހިގެން ތިބެންވީހޭ
މިތާ ދިރިތިބި އެތައް މީހުން ގެދޮރުލިސްޓުން ކަނޑާލާފާ
މިތަނުގައި މަރުވެފައި ތިބި މީހުނަށް ދޭއިރު ތިބެންވީހޭ
މިތަނުގައި ދެމިލިޔަން ދައްކާގޮތަށް ބަޔަކަށް ފުލެޓު ވިއްކާ،
މިތަނުގައި ހަމިލިޔަން އަގުހުރި ބިމާ ގޯއްޗާ ބަހަންވީހޭ
އެތައްގިނަ ބިރުތަކެއްދައްކާ، ނަފުސު ފިނޑިކޮށް، ހަދާލީމާ،
މިކަން ކަމުގައި، ސަނާކިޔަމުން ނަށާފާ އަތްޖަހަންވީހޭ