Support Us

ގްލޯބަލް ލީޑަޝިޕާއި ހިންގުމުގެ ދާއިރާއިން ރަފީއުއްދީނަށް ޕީ.އެޗް.ޑީގެ ޝަރަފު

ދުނިޔޭގެ މަޝްހޫރު ޔުނިވާސިޓީއަކުން ދޭ ގްލޯބަލް ލީޑަޝިޕާއި ހިންގުމުގެ ދާއިރާގެ ޝަރަފުވެރި ޕީ.އެޗް.ޑީއެއް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ރަފީއުއްދީން ނަސީމަށް މިއަދު ދީފިއެވެ.

ފްރާންސްގައި ހުންނަ ޔޫރަޕިއަން އިންޓަނޭޝަނަލް ޔުނިވާސިޓީގެ "ޕްރޮފެޝަނަލް ޑޮކްޓަރޭޓް އިން ގްލޯބަލް ލީޑަޝިޕް އެންޑް މެނޭޖްމަންޓް"ގެ ޝަރަފު ޑރ. ރަފީއުއަށް ދިނީ ދުބާއީގައި މިއަދު ބޭއްވި ޕްރޮފެޝަނަލް ޑޮކްޓަރޭޓް ކޮންވޮކޭޝަންގެ ކުލަގަދަ ރަސްމިޔާތުގައެވެ. ގްލޯބަލް ލީޑަޝިޕާއި ހިންގުމުގެ ދާއިރާއިން މުޅި ދުނިޔެއިން ފާހަގަކުރެވުނު 15 ވަރަކަށް މީހުންނަށް މި ރަސްމީޔާތުގައި މި ޝަރަފު ދީފައިވެއެވެ.

"މި ޝަރަފުވެރި ޕްރޮފެޝަނަލް ޑޮކްޓަރޭޓް ލިބުމުން އަޅުގަނޑު ވަރަށް އުފާވެއްޖެ. މި އެވޯޑް އަޅުގަނޑު ޚާއްޞަކުރަނީ އަޅުގަނޑުމެންނަށް ޚިދުމަތް ކުރުމުގައި ކެތްތެރިކަމެއް ނެތި އުޅުމަށްފަހު މިއަދު އަޅުގަނޑުމެންނާ ވަކިވެފައިވާ، އަޅުގަނޑުގެ ލޮބުވެތި މަންމައަށް. އަބަދުވެސް ގަދައަޅާ މަސައްކަތް ކުރުމަށް އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ ލޮބުވެތި މަންމަގެ ޝަރުޠެއް ނެތް ލޯތްބާއި އަޅާލުންކަން ހަނދާންކުރަން،" ޑރ. ރަފީއު އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.

ޑރ. ރަފީއުއަކީ މީގެ ތިރީހަކަށް އަހަރު ކުރިން ރާއްޖެއަށް ކޮމްޕިއުޓަރ ޓެކްނޮލޮޖީ ތައާރަފުކޮށް، ކޮމްޕިއުޓަރ ތައުލީމާއި ވިޔަފާރި ފުޅާކުރެއްވި މޭސްތިރިއެކެވެ. އަދި މޯބައިލް ފޯން ވިޔަފާރީގެ އެންމެ ކުރީ ސަފުގައި މިހާރު ހުންނެވި، އައްޑު އަތޮޅަށް އުފަން ޑރ. ރަފީއުއަކީ އޮރިޖިނަލް މޯބައިލް ފޯނުގެ އެންމެ ފަހުގެ އާލާތްތައް ވިއްކުމަށް މަޝްހޫރު "ޒިއޯން މޯބައިލްސް" ފިހާރަތަކުގެ ވެރިޔާއެވެ. އަދި ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރައިފައިވާ ބައެއް ގައުމުތަކުގައި ބޭނުންކުރާ ކަހަލަ ރޮބަޓިކް ވެއިޓަރެއް ހިދުމަތް ދޭ މި ސަރަހައްދުގެ ފުރަތަމަ ކެފޭ، "އޯޝަން ބަބުލްސް"ގެ ނަމުގައި މާލޭގައި މިދިޔަ ޖަނަވަރީގައި ހުޅުވާފައި ވަނީ ވެސް ޑރ. ރަފީއުއެވެ.

ޑރ. ރަފީއު ފާހަގަކުރެވިފައި ވަނީ ކޮލިޓީއާއި ސްޓައިލަށް އިސްކަން ދެއްވާ، އަބަދުވެސް އިންގިލާބީ އާ ޓެކްނޮލޮޖީ ތައާރަފުކުރައްވާ ވިޔަފާރިވެރިއެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *