Support Us

ޢީދު ހަދިޔާ

"މައިބަފައިން ތަރިކާގެ ތެރެއިންތޯ؟ ތި ބަހަނީ ޢީދުހަދިޔާ
ބައިގެ މީހުންނަށް، ބަހަން ހުރި ޙައްޤުތޯ ތިޔަ ޢީދު ހަދިޔާ"

"ގެދޮރު ރަނގަޅަށް ވަކިކުރަން ނޭނގޭ ނުކުޅެދޭ ޓީމަކުން"
ގެދޮރުވެރި ޙާލަތު ބުނީމާތޯ؟ ތި ބަހަނީ ޢީދުހަދިޔާ

"ބައިގެ މީހުނަށް" ލިބޭ ހިކިފަސްތަނުންވެސް ޢީދުހަދިޔާ
ބައިގެ މީހުންނަށް ނުވަންޏާ ކަނޑު ފަޅުންތޯ ޢީދުހަދިޔާ

ވިހި ތިރީސް އަހަރުވެ، މިމާލޭގައި އުޅޭގިނަ ޢާއިލާ،
ދިރިއުޅޭ ނިކަމެތިކަމަށް ނުބަލައި، ތި ބަހަނީ ޢީދުހަދިޔާ

"ބައްޕަގޭގައި ދިރިއުޅޭ، އެއް ދަރިފުޅާ، އަދި މަންމަޔާ،
ބައްޕަޔާއެކު، ތިން ބިމެއް ލިބެނީ ޢަދުލުވެރި ޢީދުހަދިޔާ

"ޙައްޖުޓީމެއް ގޮސް ދުޢާކުރިޔަސް" އެކަން ވިސްނަންޖެހޭ،
ޖައްލަރައްބީ ޙަޒުރަތުން ދެނެވޮޑިގަނޭ ތިޔަ ޢީދުހަދިޔާ

ގައުމުގައި ޙައްގެއް ނުލިބި، މިކުރާ ދުޢާ އެތަކެއް އަޅުން،
ބަދަލަކަށް އެދެޔޭ ޔަތީމުން، ބެހިއަކަސް ތިޔަ ޢީދުހަދިޔާ

ކަނޑުފަޅުން މިވުޖޫދު ނުވެހުރި ގޯތި ގެދޮރުގެ ހުވަފެނުން،
އަދު ފަޤީރުން ސިކުނޑިއަށް ވަސްވާސު، ވެއްދީ އީދުހަދިޔާ

ރޭވިޔަސް ރާވާ ކަމެއް ތަންފީޒުވާނީ "މާ މަތިން"
އޭގެ ބާރެއް ލިބިފައެއް ނޯންނާނެ! ބެހިޔަސް ޢީދުހަދިޔާ

ކަޅު އަނދިރި ރޭގަނޑުގެ ދަންވަރު، ރޭވިޔަސް، ރާވާކަމެއް،
ޙަޒުރަތުން ﷲ ދެނެވޮޑިގެންވެޔޭ ތިޔަ ޢީދުހަދިޔާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *