Support Us

މިއަދު މި މުސްލިމު ޤައުމުގައި ނުކުރެވޭ ނުބައިކަމަކީ ކޮބައި؟

"މިގައުމުގެ ހަތަރު ފާރުތެރޭ" މިދީނަށް ގޮންޖަހާ އުޅެވޭ
މިގައުމުގެ މުސްލިމުންނަށްވެސް ނުބައިވީހާ ކަމެއް ކުރެވޭ

މިމާތް ދީނާ، ރަސޫލާޔަށް، މަލާމާތް ކޮށް ހަޖޫ ޖަހަމުން،
މިހާނުލަފާ ޢަމަލުކޮށްފައި ފިލައިގެންދާން ދޮރެއް ހުޅުވޭ

"ރަލާއި،ޤުމާރު، އަންޞާބާއި، އަޒުލާމުގެ" ޢަމަލުތަކަކީ،
ޙަރާމްކަންތައް ކަމަށް ދެނެގެން ސަމާލުކަމެއް އެއަށް ނުދެވޭ

މަރައި ކުދިކޮށްކޮށައި، މީހުން ޤަތުލުކުރަމުން މިތާ ދާއިރު
ބަލާމީހުންނަކަށް މާބޮޑު ކަމެއް ކަމަކަށް މިކަން ނުމެވޭ

ކުރާ ގިނަވައްކަމާ،މަކަރާ، ކޮރަޕްޝަން، ޙައްދު ފަހަނައެޅުން،
ކުރާ ވަކިބަޔަކު ކުރުމުންނެއް އެހާބޮޑު ގޯހަކަށް ނުމެވޭ

ފަސާޚެއްނެތި މިތާ މަގުތަކު މަތީ ދެކޮޅަށް ހިނގާ އުޅެވޭ
އަރައި މިސްކިތް ތަކާއި، ޚަތިމުތަކަށް މުޑުދާރުވެސް ކުރެވޭ

މިތާ އެއްޖިންސަކުން ޖިންސީގުޅުންހިންގުން އިތުރުވިޔަކަސް
މިތާ މާބޮޑުކަމެއް ކަމަކަށް ބަލާހެންނެއް ހިއެއް ނުމެވޭ

މިތާ އިޞްލާޙު ކޮށްލަން ދަންނަވަން އޮތް ތަނުގެ ޙާލަތަކީ
"ބަލާއިރު،ފިތް ކަނޑައިގެންގޮސް އަރާ ކައިފާނެހެން ހީވޭ"

ހިތަށް، ވަސް ވާސް ތަކެއް ވެރިވޭ މިތާއުޅުމަށް ނުރައްކާވޭ،
ހިތެއް ހަމަޖެހުމަކަށް ނާދޭ ބިރުން ތުރު ތުރު އަޅާވަރުވޭ

"ސަދޫމެއް ނޫން! މިތާ ނަމަކީ، މަޙަލްދީބޭ، މިތާ ނަމަކީ"
ސަދޫމަށްވުރެ މަޙަލްދީބެއް، ސަހަލުކަމަކަށް ނުއެއްބެލެވޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *