Support Us

ފުން ޢިޝްޤު- 2

އެމޫނަށް އެދި ތަވައްޖުހުގައި މަ ތެދުވާއިރު ހިތަށް އަރައޭ
މިމޫނަށް ތޫނު ހަތިޔާރުން ނުރުހުމުން ހަމަލަ ދީފާނޭ

އެހެން ވިޔަކަސް މަށަށް ފުރުސަތުލިބިއްޖެއްޔާ މިލޯބީގައި
މެހެން ބޭނުންވެގެން މިއުޅޭ މިއަތް އެއަތާ ގުޅުވިދާނޭ

އެހެންނޫނީ މަ ހިތްހުސްކޮށް އެހެން ހުރިހާ އެދުންތަކަކުން
ޖެހެންދެން އަޖަލު އޭނާ ފައިމަތީ އުމުރަށް އޮވެވިދާނޭ

އަހަން އެކަށޭ ނަސޭހަތްދިން އަޚުން އޭނާގެ މަސްތީގައި
ފަހަށް ނުޖެހޭނެތީ އޭނާއަތުން ދޫކޮށް ހިނގައިދާނޭ

އެދުންވެރިކަމުގެ ބަލިމީހާ ލިބުން މާމުއި އެދޭ ހިނދުގައި
ހެދެން އޮތް ބޭހަކީ ނުރުހޭ ހަބަރު ކަމުގައި ބުނެވިދާނޭ

އެހިންހޭ ޢާޝިގާ ސިއްރުން ބުނާއަޑު ހިތް ހަލާކުވެގެން
ތިހެން ނަފުސަށް ގަދަރުދޭނަމަ އަގެއް އަހަރެންގެ ނޯންނާނޭ

އަހަންނަށް މިފަދަ ހާލެއް ޖެއްސި ޝާހީއަށް ޚަބަރު ލިބިގެން
އަހެއްގައި ދެން ވަޑައިގަތުމުން ބަހެއް މިދުލުން ބުނެވިދާނޭ

ގަތުލު ހިތް ކޮށްލި ގާތިލުހޭ އައީ މިތަނަށް އަނެއްކާ ތިޔަ
ގަތުލުކުރި ފައިދަށަށް ދާށޭ މިހިތް އަނދަނީ ބުނެވިދާނޭ

(ނުނިމޭ)

* ޑރ. ހަސަން ހަމީދުގެ ގުލިސްތާނު ބާބު 5ގެ ނަންބަރ 4ގެ ދެވަނަ ބައި

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *