އަންނަނީ އަޅުގެ ދުލަށް ހިތުގެ ދުޢާ އޭ އުތުރޭ
އޮންނަ އުއްމީދުތަކާ ގަސްދުތަކުން ހިތުގެ ފުރޭ
ދުންޔަވީ ހިތްދަތި ހުރިހާ ކަމަކާ އަދި ކެކުޅުން
ލައްވަވާ އަނދިރި ކުރާ ސަބަބެއް ކަމުގާ މި ބިމުން
ގެންދަވާ އަޅުގެ ޙަޔާތް ދީލަތި ރައްބު ގެ އޮހުމުން
ދިއްލިލާ ހުޅުކޮޅު ބައްތީގެ ފަދައިން އަލި ފެތުރޭ
މާމަލުން ޒީނަތްތެރި ވާ ފަދައިން މަހެފިލް ތައް
ރާގު ތައް ފަޅުފިލުވައިދޭ ފަދައިން ހަފުލާ ތައް
ޔާ އިލާހީ! މިއަޅާ ވަތަނު ގެ ވާ ޒީނަތަކަށް
ފާނދެ ލައްވާ ޕަރުވާނާ ފަދައިން ގޮސް އެނބުރޭ
ލޯބި ޢިލްމަށް ހިތުގައި އަޅުގެ އުފައްދައި ދެއްވައި
ހޯދުމަށް ހެޔޮމަގު އަޒުމާއި ޢަމަލު ލިބިދެއްވައި
ގޯހަކަށް ބޯމެހުމަށް ފުރުސަތު ވެސް ނުމެ ދެއްވައި
ފޯރުމަށް މަންޒިލަކަށް އެދި މިވަނީ ހިތުގެ ދިރޭ
ނިކަމެތީންނާ ބަލިކަށި އަޚުތަކުންނަށް ލޯބި ދެވޭ
ފިކުރަކުން ހިތުގެ ޝިކާޔަތު ހިތުގައި ގިނަ ކުރެވޭ
މިކަމުގާ ތެދުވެ ހިމާޔާތް މަދަދާ ވަގުފު ވެވޭ
ހިތުގެ މީ އެންމެ ފުނުން މިހިނދު ދުޢާ އޭ އޮހޮރޭ