ހިތެއްގައި ލޯބި ތެދުވެރި އުފެދުމުން އެހިތެއް ވަގުފު ވާނޭ
އަތެއް ބާރެއް އެއަށް ފޯރާ މިދުނިޔެއަކުން ނުފެންނާނޭ
ތިބާގެ ހަޔާތް ބިނާނުވިނަމަ އުދާހީ މަސްތު ހިޔަނީގައި
މިބާބުގެ ފަތްފުށަށް ތިޔަނަން އައުން ޖާއިޒު ނުވެސްވާނޭ
ލެއަށްވުރެ އަގު އިތުރު ނުވިނަމަ މެއެއްގެ އަޒީޒު އުލްފަތުގައި
އެއަށް ލޯތްބޭ ކިއުންތޯ މުތުލަގަށް މަކުރޫހަ ވެސް ވާނޭ
މަރަށް ވުރެ ދިރިހުރުން ކުރިޔަށް ނެރޭނަމައީ ފިދާވުމުގައި
ކުރަން ލޯބީގެ ދައުވާ އިޝްގުގައި ތެދުވެރި ހަރާންވާނޭ