Support Us

ފުން އިޝްގު

ޒުވާނާ ގެއްލުމުން އުންމީދު، މަގުތައް ގެއްލި ލޯބީގައި
ދިވާނާ ގައި ވަދާއު ކިޔަން ހަޔާތަށް ހިތް ގޮވައިފާނޭ

ފުރާގީ އޮށްޓަރެއް ވެސް އަތުނުޖެހި އަދި މަޅިފަތީ ބެދިފައި
ތުރާވިމާ އަމާޒުހިފަން ފުރާނަ ހަށިން ނުކުމެދާނޭ

ރަނާ މެދު ހުރުމަތެއް އެދުމެއް ނުވާނަމަ ލޯބިވެރި ލޮލުގައި
ރަނާ ކިސަޑާ ތިބާއަށް އެއް އަގެއްގައި ހިމެނިވެސްދާނޭ

ނުވާނޭ ހާސިލެއް އެދުމެއްގެ ހައްގަށް ދޫވި ހިތް ނަމައީ
ނުވާ ޝައްކެއް އަތާ ފައިގާ ތިބާ ކަސްތަޅު އެޅުވިދާނޭ

ލަފާ މިތުރުންގެ ހޯދާކަށް ދުލެއް މަށަކަށް ނުހެލުވޭނޭ
ވަފާތެރި ލޯބި އޭނާއަށް ޓަކައި މިހިތުން ފިދާވާނޭ

ދިފާއީ އަތްތަކުން ހަމަލާ ދެމުން ހަތުރުން މަރައިފާނޭ
ވަފާތެރި ރައްޓެހިން ހަމަލާއަކަށް އެހެނަސް ނުތެދުވާނޭ

ވަރަށް ބިރުގެން ފެއަށް ގޮސް ފިނޑިވެގެން ލޯބީގެ ނިސްބަތުގައި
ހަރަށް ވަދެ ފިލުމަކަށް ލޯބީގެ މަޒުހަބު ހުއްދަ ނުކުރާނޭ

ތިމާގެ އަމިއްލައެދުމަށް ވިކި އެއަށް އަޅުވެތިވެދާ މީހާ
ދިމާއަށް އިޝްގުވީ ހައިޖާނުގައި މަކަރެއް ހަދައިފާނޭ

ނުވާނަމަ ފުރުސަތެއް ބައްދަލުވެލާނޭ ލޯބިވެރިޔާއާ
ހުވާ ކަށަވަރު އެ މުހުތާދަށް ވުމަށް މަރު ލޯބި ބުނެފާނޭ

(ނުނިމޭ)

* ޑރ. ހަސަންހަމީދުގެ ގުލްދަސްތާ ބާބު 5 ގެ ނަންބަރު 4 (ފުރަތަމަބައި)

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *