ނުވާފަދަ އެފަދައެއް ފުރިހަމަ އަޅަކު ނަމަ ލިބުނު ސާހިބަކަށް
ނުވާ ސާބިތު ހިނދުން ސާހިބުގެ މަގު ކަސިޔާރު ކޮށްފާނޭ
ފުކެއް ވެސް ދޫވިނަމަ ސޮބުރާއި ކެތްތެރިކަމުގެ މުށުތެރެއިން
އެކަން ބޮޑުގޯހަކަށް ނޫނީ ފަހުން އަމުދުން ނުވެސްވާނޭ
އަޅާއާ ސާހިބާ ދެމެދުން ހުރަސް ހުރި ނެތި ނުކޮށްލާށޭ
އަޅާގެފުށުން ބަހާ ޢަމަލާ އެހާރުން ބަދަލު ކޮށްފާނޭ
ތިބާ ރަށްޓެއްސެކޭ ބުނެ ޚިދުމަތަށް އުންމީދު ނުކުރާށޭ
ލިބާހެއް ލައި އެހެން ޚާދިމު ވުޖޫދުން ގެއްލި ނެތިދާނޭ
ކުރަން މައްލަވަ ފަށައިފިއްޔާ އަޅާއާ ސާހިބާ ހީނހީނ
ކުރަން ނުކުރަން ކަމެއް ނެތިފާ އަޅެއްގެ މަގާމު އޮޅިދާނޭ
ބަދަލުވީ ހާލަތަށް ރުހިގެން ހުރުންނޫން ދެން ގޮތެއް ނެތިފާ
އަބަދު ކެތްތެރި ވެގެން ސާހިބު ހުރުން މަޖުބޫރު ކޮށްފާނޭ
ނުވާންވީ ވަރުގެ އޯގާވެރިކަމެއް ސާހިބުގެ ދީފިއްޔާ
ޒުވާން ކަންކަށިމަތީ ގޮށްމުށުގެ ގުއްޓެއް އަޅު އަޅައިފާނޭ
* ޑރ. ހަސަން ހަމީދުގެ ގުލިސްތާނު 5 ވަނަ ބާބުގެ ނަންބަރ 2