ހިތަށް ރުހުމުގެ ދޮރުން ވަނުމުން ކުލުނު އުފެދޭގޮތެއް ވާނޭ
ކިތަންމެ ހުތުރު ކަމަށް ވިޔަކަސް ލޮލަށް އެތި ރީތިވެސް ވާނޭ
ބަހެއް ބުންޏަސް ހުތުރު ދުލަކުން ކަމެއް ކުރިއަސް ހުތުރުއަތކުން
ރަހެއްގެ މުދީރަކަށްވީމާ ކުރާ ކަންކަން ރަނގަޅު ވާނޭ
ކެކޭ ނަފުރަތުގެ ނަޒަރުން މީހަކަށް ވެރިޔަކު ބަލައިފިއްޔާ
ދެކޭނޭ ރުހުމަކުން މީހަކު ދެނެއް ދުނިޔޭން ނުހުންނާނޭ
ލޮލުން ނުރުހޭ ބަލައިފިއްޔާ އެއީ ޔޫސުފު ކަމަށް ވިޔަކަސް
އަލުން ރުހެވޭނެ ރީތިކަމެއް އެސޫރައަކުން ނުފެންނާނޭ
ލޮލުން ރުހުމުގެ ދެކޭނަމައީ ދެޔޯއެއް ނަމަވިޔަސް އެއަކީ
ބަލަން މަލަކެއްގެ ސިފަފުޅަކާ ދެނެއް ފަރަގެއް ނުހުންނާނޭ
* ޑރ. ހަސަން ހަމީދުގެ ގުލިސްތާނު ބާބު 5 ގެ ނަންބަރު 1