އަދު ތިމާގެ ލޮލަށް ތިހެރުނީ ހަމަތިމާ ފޭހުނު އިލޮއްޓެއް
އަދި ތިމާވިސްނައިފި ނަމައީ ކުރިމަގަށް އޮތް ޢިބުރަތެއް
"ވަޅުޖަހާފައި އޮތް ފޮޓޯއެއް ރީނދުލުން ކަޅިކޮށް ހަދައި،
"ކޮނޑުޖަހައި އުފުލައި ތަޚުތުގައި ވެޑުވުނީމާ" ވީ ގޮތެއް
ދުނިޔެމީ އެއްވެސް އަގެއްނެތް އަދި އެހާ ކެހިވެރިތަނެއް
ދުނިޔެއީ ދަސްކޮށް ތިމާ އުނގެނެން ޖެހޭނެ ފިލާވަޅެއް
"އާނދޮގޭ!" ބުނެ، ގޮންޖަހާފާ ހޯދި ބޮޑު އެ މެޖޯރެޓީ
"އާނދޮގޭ!" ބުނެފާ، ތިމާ ކަތިލަން އެ ނެރުނީ އޯޑަރެއް
"ކޮށި ދަނޑާ، އަދި މަރިޔަނބާ، ކަތިވަޅި އެދިޔައީ ގެއްލިގެން"
ކޮށި ދަނޑުން އެއްވެސް ގޮވާމެއް ނުލިބި، ތިޔަ ލިބުނީ ލަނޑެއް
މުޅި ޒުވާންކަން ޖަލުގެ ކުދި ގޮޅިއާއި، ބިޑިއާ، ޗޭނުގައި
ކުރި ޖިހާދަށް، ލިބުނު މޮޅު ހަދިޔާ އަކީ "ރޭޒާ ބޮމެއް"
"ކާޅު ހާލި ހެދީމަ އައިސްގެން ކޮވެލި ބިސް އެއަޅާ ގޮތަށް"
ފާޅުގައި ހުރި މިފަދަ ކަންކަމަކީ އެއީ ވެސް އިމްތިޙާނެއް
ދެމެދުގައި އަދު ފޮރުވިފައިވާ ސިއްރުތައް ވެސް ގިނަކަމުން،
ހެދިގޮތެއް ހެދިގެން ހުރުން ނޫނީ ނުވާނެ އެހެން ގޮތެއް