އޭ ބުނެބަލާ ހިތާއޭ! ނިދިނައި ކިއެއްވެބާއޭ
ރޭރޭގަނޑަށް ގުނަން ތަރި ހިނގެނީ ކިއެއްވެބާއޭ
***
ފިނިފެންމަލާ ޗަނބޭލީ މާތައް ދެހިތް ވަށާލީ
ހިނިތުންވެފާ މަގޭހިތް ލޯބީގެނަން ކިޔާލީ
ފަރިފަރި އެމާގުލާބީ އަރިހަށް ދެވޭނެބާއޭ
ރޭރޭގަނޑަށް ގުނަންތަރި ހިނގެނީ ކިއެއްވެބާއޭ
ގަސްތައް މި ރީތިނާނާ ވައިރޯޅިއާ ކިޔާލާ
މަސްތެއްވެފާ އެހީމޭ ގުޅިގެން ކުރާ ޚިޔާލާ
ލޯ އެދި ގޮވާ މުޖައްސިމް ހޯދޭނެ ސޫރަ ބާއޭ
ރޭރޭގަނޑަށް ގުނަންތަރި ހިނގެނީ ކިއެއްވެބާއޭ
ރިހި ހަނދުވަރެއްގެ ދޯދިން މުޅިދުނިޔެއަށް ފުދޭނޭ
މިހިތަށް ވަކިން ދިރުންދޭ ދެލޮލެއް ދުރުން ވިދާނޭ
އެލޮލުން އަދާ އެ އާތިޝް މިލޮލުން ވިދާނެބާއޭ
ރޭރޭގަނޑަށް ގުނަންތަރި ހިނގެނީ ކިއެއްވެބާއޭ