Support Us

ކޮންމެ ފުރުސަތަކީ ރަޙްމަތެއް

ކޮންމެ ފުރުސަތަކީ އިލާހީ ދެއްވަވާ ހެޔޮރަޙްމަތެއް
ކޮންމެ ހާލަތަކަށް ޝުކުރުވެރިވުން މެ ނޫން ނެތް މޮޅުގޮތެއް

ލިބުނު ވޭހޭ ފިނިކަމެއް ގަދަ ބާރަކުން އަނިޔާއަކުން
އިބުރަތާ ދަރުސުގެ މެ ނޫނީ ނެތް ހިނގާ ވަކި ސާއަތެއް

ދެއްވުމާއި ނުދެއްވުމާ އަދި ގެންދެވުން ތިއްބާ ބަލަން
ލެއްވިގެންވާ އިމްތިޙާނުގެ ދެއްވަވާ އޭ ފުރުސަތެއް

ބައްސަވައިދެއްވީ ރިޒުޤު މަތިވެރި އިލާހީ ޙިކުމަތުން
ދަސްކުރަން ކެތްތެރި ވުމަށް ބުނެދޭ ވެއޭ މަތިވެރި ފޮތެއް

ވާރެއާ އަތްވާއި ފިންޏާ ހޫނު ތާސީރުން ބިމަށް
ބާރެކޭ ދިރުމެއްގެ އޭ ދެއްވާ ވަރަށް ބޮޑު ނިޢުމަތެއް

ހާލުގައި ބަލިދާނުގައި އޮތުމުން ފިކުރު ދާ އުފުލެމުން
އާލަމަށް އައި މަގުތަކާ ހަމައަށް ވެޔޭ ފޯރާ ގޮތެއް

ސިއްހަތާ ދުޅަހެޔޮކަމާ ތަނަވަސްކަމާ ހިތްފަހިކަމީ
ހިއްސުތައް ހެޔޮ ޝުކުރުގައި ތަސްލީމުވާންވީ ހާލަތެއް

ވެރިކަމެއް މަތިވެއްޖެ ނަމަ ބިރުވެތިވުމޭ ޙައްޤަށް އޮތީ
މެރިދެލޯ ދާއިރު އެދޭނަމަ ދަރުމަވެރިވީ ރާޙަތެއް

ބިންމަތީ ގުންފައިޖަހާ ގުނަވަންތަކުން އިސްރާފުކޮށް
ނިންމި ނަމައީ ތިޔަ ހަޔާތް އުފުލަން ޖެހޭނޭ ޚުސްރަތެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *