Support Us

ޚިޔާލުގެ ދަތުރު

ދެކިލާށަ ކުރިމަގު ކޮށްލަފާ މިޚިޔާލު ދަތުރެއް ކޮށްލަނީ
ފިކުރުގެ ސަވާރީގައި ނަގާ ދީލާ ސިކުނޑި ފަހިކޮށްލަނީ

ވައިރޯޅި އުތުރުން ފިރުމަމުން އައިބާރުގާ މަކަރުން ހެމުން
ހައިރާނުގާ ލޯމެރިލުމުން ހައިޖާންތަކޭ ވީ ފެންނަނީ

އިހުމާލުވީ މޫސުންތަކާ ބޭކާރު ކުރި ފުރުސަތުތަކާ
ރިހުމާ ތަދުން އޮތް ވެރިވެފާ މިހިތަށް ހަނދާންތައް ގެންނަަނީ

ކެޔޮޅުންގެ ހަރުލުން ނެތްކަމުން ފައި މަޅުމަތިން ކައްސާލުމުން
ތެޔޮހަންއެދިޔަ ގުނަވަންތަކުން ކަރުނައިގެ ރަތްލޭ އަންނަނީ

އަގަލާއި ސަރަމާ ވެސް ނުލާ މަޖަލާ އެޖެހި ސަކަރާތުގައި
ލަގަނާ އަހާ ވެސް ދޫވެފާ އަނދަވަޅު އަތުން ތިބެ ކޮންނަނީ

މުދަލާއި ގެދޮރާ ލޯބިވާ އަހުރެންގެ މިލްކާ އިންތަކާ
އުދަބާނިތަކުގައި ޚާއިނީ ޅަދަށަށް އެހެރަގެން ވަންނަނީ

ތަކުރާރުވާ ނިކަމެތިކަމާ އެކުގާ އެވާ ބިރުވެރިކަމާ
ޅަކުދީންގެ ގަހަނާ ކަރުގިލޭ ތަކުގައި ރިހުން ގަދަ ހުންނަނީ

އާބާދު ކުރިހާ ކާބަފައިން ބާޒާރުތައް ހުރިހާ ނަފައިން
އާ ތާޖިރުން ވީ ބޭވަފައިން މާޒީގެ އަތްފައި ބަންނަނީ

ހިކިފަސްމަތީ ތިބެވޭނެހޭ މިހިތަށް ވަކިން ކެތްވާނެހޭ
ވިކިފައި ނަފުސު ވެސް ވާކަމޭ ހަކިބައިގެ ލޯތައް ދަންނަނީ

މީ ދަތުރުގައި މި ޚިޔާލުކުރި މަންޒަރުތަކޭ ލޯ ފާރުކުރި
ވީދައިފިޔޭ މިހިތާ މެޔާ ސައިލޭ ލެއިން ދެމިގަންނަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *