ސަތޭކަ ފަނަރަވަނަވި މާއްދާގެ "ޅަވިޔަނި" އަދު އުވާލަންވީ
ފަޤީރުވެ ދައުލަތުގެ ބަޖެޓާއި މާލިއްޔަތު އެކީ ހުސްވީ
ނުސީދާ ގިނަ މަގާމުތަކާ މުސާރަތަކާ ބަހައި ނަގަނީ
އޮފީސްތަކުގައި އެހުރި، ގޮނޑިއާއި، މޭޒާ ޖާގަވެސް ހުސްވީ
"ދަމާ ކަނޑަމުން މިތާދެކޮޅަށް ދުވުނު ބައިގަނޑު" ނަގައި ބޮޑުކޮށް
މަގާމާ ބޮޑު މުސާރަތަކާ ދެމުންގޮސް ގައުމު އަދުހުސްވީ
ރިޔާސީ އިންތިޚާބަށް އަދު، ސިޔާސީ، ހާސް މަގާމުތަކާ،
ނިހާއީ ބޮޑު މުސާރަތަކާ ޢިނާޔަތް ތައް، ބެހުން ގިނަވީ
ރިޔާސީ ވާދަވެރިކަމުގައި ބަހައިދޭ ތަރިކައެއް ބާއޭ؟
ޚިޔާލާ ފިކުރުވެސް ނުކުރޭ، ޚަޒާނާ ދައުލަތުގެ ހުސްވީ
މަގާމުތަކާއި އެކަށީގެން ނުވާ ފަދަ ބޮޑު މުސާރަތަކާ
ބަހައި ފުލެޓާއި ލޯނުތަކުން، އެނޫން މީހުންނެ މަގުމަތިވީ
ނަގައި ޓެކުހާ ކަރަންޓުބިލާއި ޖޫރިމަނާ، ވަކިން ބޮޑުވީ،
އަރައި ތަކެތީގެ އަގު މައްޗަށް ދަމުން އޮބިނޯންނަ ވަރުވެސްވީ
ފަގިީރުން އަދު "އަތާ އަނގަޔާ ދިމާނުވެގެން" ސަލާން ޖަހަނީ،
ފަގީރުކަމުން ސަލާމަތްވާން "އެ ޕާޓީއަށް" ބަދަލުވާންވީ