Support Us

ފާއިތުވެގެން ދިޔައީ މާ އުފާވެރި މާޒީއެކެވެ!

ގަހާގެހި ފެހި ފަޅައި ހެދިގެން ހިޔާލިބިދިން ދިވެހި ބިމުގައި
ފަހާ ވެއްޔާ ގަލާ ކަނޑުފަޅު ނުހަނު ތާޒާ ޒަމާން ތަކުގައި

ވަށައިގެން ރަށްރަށުގެ ރާޅާ އޮޔާވައި ދައުރުވާ ވުމުގައި
ފަށަލަތައް ރީތި އާނުގަނޑުން ޙިމާޔަތް ދިން ދުވަސްވަރުގައި

ބިމުން ފެންފޮދު ނަގައިގެންބުއި އިހަށް ދިޔަހައި ޤަރުނުތަކުގައި
އިމުން ގޯތީގެ ހައްދައިގެން ކެޔޭ ބުނެވުނު ދުވަސްވަރުގައި

ވިކޭކަމުގައި ނުވާ ކުދިމަސް ހިފައި ކައިހެދި ރިޒުޤު ކަމުގައި
ހިކޭ ދިޔަވަރުމަތީ އެރިގެން ފަރަށް ހުސްފައި އުޅުނު އިރުގައި

އެތައް ޤަރުނަކު އުޅުނު ދިވެހީން ވެށީން ފުދިގެން ނިކަން އުފަލުން
ގެތައް ޖިފުޓީން އަޅައިގެން މާ އުފާވެރިކޮށް މިބުނި ދުހުގައި

ގަބުޅި ކުރުނބާގެ ބޮނބި ހެހެގެން އަލައިގެން މޫދު ފާތަކުގައި
ތަނބުގެ ބޯކެޔޮ މުޑިން ގެއެޅީ ބޮނބީގައި ރޯނު ވެށި އިރުގައި

ދަގަނޑު މޮހޮރާއި ބޯލްޓްތަކާ ވަސަރު ބޭނުން ސަފުން ނުކުރޭ
ދަގަނޑުޓިނު ނުޖެހިޔަސް ފަންލައި ހިޔާކޮށްގެން އުޅުނު ދުހުގައި

އުޅަނދު ނިރޮޅުން ބަނީ ހިރުނދާ މިދިލި ދިއްގާ ކުރެދި ޅިހުގައި
ފުޅަނދުތައް އެކި މުނާސަބަތަށް ހަދައި ގޯނިން އުޅުނު އިރުގައި

ޒަމާން ކަންކަން އެފުށް މިފުށަށް ޖެހީ ނޫޓޫގެ ބަރޯސާގައި
ސަމާލު އެއަށް ވެވޭނީ ދެން މަގޫފަތްކާން ޖެހޭ ދުހުގައި

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *