Support Us

ދިވެހި ލޮބުވެތި ރައްޔިތުންނޭ!

ވެރިކަމުގެ އާ ދައުރަކަށް ތައްޔާރުވާކަން ވިސްނަވާތި
ވެރިކަމަށް އަންނަން އެދޭ މީހުންގެ "ފަތިފުށްވެސް" ބަލާތި

"އިރުވަޔަށް އިރުދޮށުވަޔަށް ދޮންދޫނި އަންނަ" މިސާލުގައި،
އިތުރު ދައުރެއް ވެރިކަމައިގެން އަންނަނީ ކަމުގައި ބަލާތި

ދިވެހިލޮބުވެތި ރައްޔިތުންނޭ ހޭއަރައި ވިސްނައި ތިބޭތި
ދިވެހި ގައުމާ ދިވެހި މިނިވަންކަން އަތުން ދޫކޮށް ނުލާތި

އަނބި ދަރިންނާ ކާފަ، މާމަ، ދަރީންގެ ކުރިމަގު ގައުމަކީ
"ވަކިތަކުން އަޅުވެތިކަމުގެ ޝިކާރަޔަށް" ދޫކޮށްނުލާތި

ރަންކުލައިންލިޔެ" ވަޢުދުނާމާތައް ހިފައިގެން އަންނައިރު
ރައްޔިތުންނަށް ކުރި ވަޢުދު ފުއްދުނު ބަޔަކުތޯވެސް ބަލާތި

ކެއުމަކަށް "ފޮލަޔާއި ޕިރިނީ" ރައްޔިތުންނަށް ދޭންބުނާނެ،
ހެދުނުހާ ވަރަކުން "ގުނބޯ" ހައްދަން އުޅޭނެ ކަމަށް ބަލާތި

ވޭތުވާ މާޒީން ޖެހޭ ޙާސިލް ކުރަން ޢިބްރަތް ތަކެއް،
"ބޭރުމީހުން މިލްކުވެރިކަން" މިބިމުގައި ހުރިތޯ ބަލާތި

ވާނެ ގޮތަކަށްވުރެ ވަމުންދާ ގޮތް ބަލައި، ވިސްނައި ހަދާތި
ބާރުތައް މައްސުނިވެ ގައުމު ހަލާކުވެއްޖެ ކަމަށް ބަލާތި

ރިޝްވަތާ އަދި ވައްކަމާ، މަކަރާ، ކޮރަޕްޝަން، ގައުމުގައި،
"ބިސްއަޅައި ވިހަމުން އިތުރުވާ" ސަބަބުވެސް ހޯދައިބަލާތި

"ގެރިތަކަށް އަޅުކަންކުރާ މީހުން، ޚަރަދު ކޮށްގެން ނަގާ
ވެޔިޔަކަށް ވާނަމަ ފޮރުވިފައިވާނެ ސިއްރެއް" ވިސްނަވާތި

"ލާރި ބެހުމުން ލާރި ހިފިއަސް، ޖީބުތައް އެ ފުރާލިއަސް،
އާނއެކޭ! ބުންޏަސް، އަތުން ފާހަގަ ޖަހާއިރު ވިސްނަވާތި"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *