އެކީގައި ގެންގުޅޭ މީހުން ތަސައްރަފުނެތް ކަމަށް ވަންޏާ
އެހީތެރިވާން ތިބޭ މީހުން އެއީ "މަރުމޯލުނަށް" ވަންޏާ
ކުރިން ބުނި އެތި، ފަހުން ކެންސަލް ކުރާ ގޮތަކަށް ދިމާވަންޏާ
މުޅިން ބަދުނާމުވާ ގޮތަކަށް އަބަދު ކަންތައްވަމުން ދަންޏާ
އަމިއްލަ އެދުންތަކުން ފުރިގެން އަމިއްލަ ވޮލެޓު ފުރާލަންޏާ
އަނެއް މީހައިގެ އަބުރާ ޢިއްޒަތަށް ނުބަލާ ކަމަށް ވަންޏާ
އެތައް ފަހަރަކު ކުށެއް ތަކުރާރުވާ ގޮތަކަށް ދިމާވަންޏާ
އެކަން އިޞްލާޙު ކޮށްލަން ދަންނަ މީހުންވެސް ނުތިބެ ދަންޏާ
ކަމެއްކޮށް ނިންމުމަށް ފަހުގައި، ޖަހާ ތައްގަނޑު ޖަހަންވަންޏާ
ކަމެއް، ތަންދޮރުފިލާ މީހެއް ކަމެއްގައި ނެތްކަމަށް ވަންޏާ
ކަމެއް ޙާޞިލްކުރަން އެކަމުން ލިބޭ ޢިބްރަތްތަކެއް ވަންޏާ
މަމެން ޤައުމަށްޓަކާ ކެރިގެން ޖިހާދުކުރަން ކެރެން ވަންޏާ
ތަނެއް އެއްކޮށް ހަލާކުވަމުން ފަސާދަވަމުން މިހެން ދަންޏާ
ތަނުގެ ކުރިމަގު ބަދަލުކޮށްލަން ޖެހޭ، މުސްތަޤްބަލެއް ވަންޏާ