މުތީހެން ރަނުގެ ހައިބަތުގައި ވިދާ ހެން ގައުމު ބަބުޅައިފައި
އުތީމުގެ ދޮންވެލީ ފަހުގައި ވަނީ ދިވެހިއްޔަތޭ މެކިފައި
އުތީމުގެ ލޭފަވެތި ޖައްވުން އުދަވި ތަރިތައްމެ ދިއްލައިފައި
އުތީމު ރަދުންގެ ޒިކުރާތައް ވަނީ ދިވެހިއްޔަތާ މެހިފައި
އެއީ ދިއްވެހިއްޔަތުގެ ރޫހޭ އެއީ ގައުމިއްޔަތުގެ ދިރުމޭ
އެއީ ގައުމީ ނިދާގެ އަޑޭ އެ ރޫހުވަނީ ލެޔާ ގުޅިފައި