...

Support Us

ދިވެހީންނަކީ

ދިވެހީންނަކީ ގޮތްހުރި ބައެއް އަޚުލާޤު ރީތި ރަނގަޅު ބައެއް
ކިޔަމަން ހިމޭން މައިތިރި ބައެއް ނިޔަނެތިކަމެއްގައި ތިބި ބައެއް

ލަދުވެތިކަމުގެ މޫނާއެކީ މުޖުތަމައު ގައި އެންމެން އެކީ
އަދަބާއި ސަދަބާ ނޯޅުވާ ތެދުވެރި އުޅުނު ސީދާ ބައެއް

މާތްމީހުނަށް މާތްކޮށްހިތާ އަދި އިހުތިރާމު އަދާކުރާ
ގާތްމީހުނާ ދުރުމީހުނަށް ކުލުނާ އެހީއާ ދިން ބައެއް

އުސްތާޛުނަށް ތިބެ ބޯލަނބާ ކިޔަވާ ކުދިން ތަރުބިޔަތުގާ
މުސްތަގުބަލެއް ހޯދަން އެދޭ މުސްލިމްލަގަބުގާ ތިބި ބައެއް

ތިއްބާ މިހެން ފުދި އުފަލުގައި ނިއުމަތުގެ ދެއްވެވި ހިޔަލުގައި
އިއްޒަތުގެ ހާލި އަތުން ބަޔަކު ރޫޅާލި މަންޒަރު ދުށްބައެއް

ޒާތީބިމެއްގާ އިންދި އާ ޕާޓީގެ ގަސްތައް ފޯދިފާ
އާފާތަކުން މޭވާ އަޅާ ރާހަތުގެ ހިތިރަހަ ލީ ބައެއް

އޭނާގެ ގަދަރަށް ފެންބޮވާ މީނާ އެ ގޮނޑިއަށް ހިތްގޮވާ
ދީނާ ދިވެހި ގައުމިއްޔަތަށް ވީގޮތް މިއީ ދެނެތިބި ބައެއް

ހައްގާއި އިންސާނިއްޔަތާ ހައްދާ ދެ ޖިންސުގެ ހަމަކަމާ
ދައްކާ ދަޅައިގެ ޑިމޮކްރަސީ ވައްދާލި ވަލަކަށް މީ ބައެއް

އެކުވެރިކަމުގެ ފެހިކޯޓުލާ ދެކޮޅުންކަމުން ފަހަތުން ދުވާ
އެކުވެރި ބަޔަކު ހެދި މަކަރުގައި މެކުމުން އަމާންކަން ނެތް ބައެއް

ފެންނާކަށެއް ކުރިމަގު ނެތޭ އަތުވާކަށެއް މާޒީ ނެތޭ
ވަންނާކަށެއް ނިވަލެއް ނެތޭ ކަންބޮޑުވެފާ އަދު ތިބި ބައެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *