ޚުޝާމަދު ކުރުމުގައި މަޚްލޫޤަކަށް ކޮށްލަން މިދެން ބޮޑުވަރު
އުޑާ ހަމަޔަށް އުފުއްލަން އުޅުނަކަސް ތިޔައީ، ނުވާނޭ ވަރު
މަޤާމާ ޢިއްޒަތާ ބޭނުންވިޔަސް، ތިޔަ، ތަންފުކެއް ބޮޑުވަރު
"މަލާއިކަތެއް ކަމަށް ހެދިޔަސް" ޔަޤީނުންވެސް ނުވާނެ! އެ ވަރު
މިއޮށް ރޯމާ ދުވާލެއްގައި، އެތައް މުޑުދާރު ކަންކަމުގައި،
"ތިއޮށް ގޮވަނީ މޮޅޭ، ރަނގަޅޭ" ތިއީ އިބިލީސް ކުޅޭ ކުޅިވަރު
ޚުޝާމިދު ރައްދުވާ މީހާގެ ކުރިމައްޗަށް އަރާ ތިބެގެން،
ކުރާ އެކަހަލަ ޚުޝާމިދަކީ "މުނާފިގެކޭ" ބުނާ ފެންވަރު
ނުބައިކަން ރަނގަޅު ކޮށްލާދޭ ވަރުގެ މީހަކު އަޔަސް މިތަނަށް،
"މުނާފިގު ބައިގަނޑެއް ތިބެގެން" އެމީހަކު މަގު ފުރައްދާ ވަރު
މަޤާމާ، ދަރަޖަޔާ، ހުރިހާ ކަމެއްވެސް ދެއްވަނީ الله
ހަނދާން ނުކުރާ ކަމަށް ވަންޏާ އެއީދެން "ކުފުރުވާ" މިންވަރު