Support Us

ކިހިނެއް ތިބާ ތިހެއްދެވީ..

ކިހިނެއް ތިބާ ތިހެއްދެވީ ވަކިވުންޚިޔާރުކުރެއްވެވީ
ކިހިނެއް ތިބާގެ ވަޢުދާ ކަށަވަރުތަކަށް ތި ހެއްދެވީ

މުޅިދިރިއުޅުން އެކީގައި ދެގޮތެއްނުވާނަމޭބުނެ
މޮޅިވެރިކަމާއެކީ ގައި މިއަޅާ އެކަނި ކުރެއްވެވީ

އަހަރެންގެ ހިތުގެ އިހުސާސް މަޑު ފުށްކޮޅެއް ފަދައިން ވިޔަސް
އަހަރެންގެ ލޯބިވާގެ ހިތް އެކަތައިންތަހޭ އެހެއްދެވީ

ދަތުރަށްއެކީ ފަށާފައި ނަލަރޯޅިޔާ އެކީގައި
ހަތުރަކު ފަދައިން ކަނޑުގަދަވުމުން ޠޫފާނުގައި ތިލެއްވެވީ

ދުރުގައި ވިޔަސް ތިހެން ތިބާ އުމުރަށް އުޅޭނަމޭ އަނާ
ދުރުގައި ވިޔެއްކަމަކު ހިތުން ނުފިލާނެހެން ތިހެއްދެވީ

ހިނިިތުންވެފައި މަހުއްޓަކަސް ހިތުގައިއަނދާ މިގިންޏަކުން
ފިނިހިތްކަމެއް މިހިތަށް ހިލާ ނުލިބޭނެހެން ތިހެއްދެވީ

ހުޅުކޮޅުތެރޭ އެނދުން އެއީ އުފަލެއްކަމަށް ދެކިގެންހިތަށް
"ހުޅުދޫނި" ހެން ހަނާވެގެން ދާށޭ ތިބާ ތި ޖެއްސެވީ

އަހަރެންނަކީ އުށްބައްތިއެއް ވިރިގެންދިޔަސް އަލި ފަނޑުނުވާ
އަހަރެންގެ ފަރި ހިނިތުންވުމަށް ފަނޑުކަންނުވާނެ މަޢުނަވީ

އަހަރެންނަކީ ފުމޭއޮނެއް ރާގާއި ތާލު އުނިނުވާ
އަހަރެންގެ ރުއިމާ ގިސްލުމީ ރާގެއް ކަމަށްތަހިތްތެވީ

އަހަރެންނަކީ ފިިފެންމަލެއް ފަތުރާނެ އޭގެ މީރުވަސް
ރަހަގެއްލި ގޮސް ފަނާވިޔަސް ވަރަކުން އެއަށް ކުޅަދާނަވީ

 

ނޯޓް: މިއީ ވެސް "ޖާހިލިއްޔަ" ޒަމާނުގައި އަޅުގަނޑު ކޮށްފައިވާ ޅެންވެރި މަސައްކަތެކެވެ. ޅެމެއް ނޫނެވެ. ހާވަމުން ދަނިކޮށް ފެނުނީމާ މިތުރުން ކިޔައިލުމަށް އަރިސްކޮށްލަމެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *