އައި ދުރުން މީހަކު އެކީގާ މިލްކު އަހަރެން ކޮށްފިޔޭ
ގައިމުވެސް އޭނާ މަށަށް ހީލާށަ ދަސްކޮށްދީފިޔޭ
އަނދިރިކޮށް އޮތް ގޭތެރޭގައި ހީނލި މީހަކު ހީނލުމުން
ކަނދިލިތައް ދިއްލާލިހެން މުޅި ގޭ އެކީ އަލިކޮށްފިޔޭ
ގަތްލަދުން އެއްޗެއް ބުނަން ވެސް އަހުރެނަށް ހަމަ ނުކެރިފާ
އަތްއަޅާ ފަރުދާ ދެލޯ އަހަރެން ނިވައި ކޮށްލިންމެޔޭ
އޭނައަށް އެހެނަސް ނެތޭ ނޭގޭ އަލުން އެއްވެސް ކަމެއް
އޭގެފަހަތުން ހިތް މަގޭ އެބަ ދޫވިކަން ދެނެގެންފިޔޭ
އޭރު ލޯތްބެއް ނުދެކެމޭ އަހަރެން ނުވެސް ދަންނަންމެޔޭ
އޭގެ ވާހަކަ އަޑު މަށަށް އެހެނަސް ކުރިން އިވިފައިވެޔޭ
ހުވަފެނެއްގައި ވެސް ކުރިން ދެކެފައި ނުވާ އެތަކެއް ކަމެއް
ހަމަ ދިމާއަށް ކުރިމަތިން ސީދާ ލޮލަށް ދައްކައިފިޔޭ
ކުލަ މަގޭ ދިރިއުޅުމުގައި އަދު ޖައްސަނީ ހަމަ އޭނައޭ
ބަދަލުވާހެން ދުނިޔެ އަހުރެންނަށް މިއަދު އެބަ ހީވެޔޭ
ބަޔަކު ތިބެގެން ތަރި އުޑުން ލޯބީގެ އެބަ ބާލައިދެޔޭ
ބައަކު ފަސްބައި ލޯބި އެދިގެން އެބަ އެބީދައިން ފަތުރަޔޭ