ރީތިކަން ފެނިފައި މި ޖަންނަތު ދޫ ކުރީ ތާރީފެކޭ
ހީލަމުން ހިނިތުންވެލައިފައި ހިތް ކުރީ ކުރުނީހެކޭ
މީ ހިމޭން ވީ މަންޒިލޭ ރޯޅި މިނިވަން ފެތުރިލާ
މީ އަމާންވީ ސާހިލޭ ރާޅު ބޮސްދީ ބީހިލާ
މީ މަލާމެލި ހިތްތަކުން ފޮޅުވާ ތަފާތު ބަހާރެކޭ
ސާފު ދޮންދޮން ވެލިގަނޑާ ޗާލު ނަލަނަލަ ކަނޑުކަނޑާ
ސާފު މޫދާ ވިލުފަޅާ ޗާލު ފަރިފަރި ފަރުފަރާ
ސާފު ތުނޑިތުނޑި ފިނޮޅުފިނޮޅީ ޒަރުޖަވާހިރު މުތްތަކޭ
ކޯޅިކޯޅިން މާފޮޅޭ ރޯޅިރޯޅި ހިތާކުޅޭ
ނޯޅި މޫސުން އައިސް ގުޅޭ މޯޅިކަންފިލުވައި އުޅޭ
ރޯޅި ރާޅާ ފިރުމަމުން ނާނާމެ އިއްވާ ދާނެކޭ