ސިއްރުސިއްރުން ހީވަނީ ހަމަ އޭނަޔޭ އުޅެނީ މިތާ
ހިތް ރުހޭ ޒާތުން އެހަރަކާތުންނެ އޭ ކުޅެނީ ހިތާ
އޭނަ ވިއްޔާއީ އަހައިލަން އޮންނަ ހިތުގާ އެއްޗަކީ
ބޭނުމޭ އެއްތާވެގެން ގުޅުވައިލުމަށް މިދެ އަތް އަތާ
ފިރުމަދީގެން ގެންގުޅޭނޭ ކަމުގެ އުންމީދާ އެކީ
ހުރި މަރީޒެކެ އިޝްގުގާ މެށިފައިވި ނޭފަތުކުރި ނިތާ
ފޫހިކަންނެތި ލޯބިލޯބިން ވަގުތު ހޭދަވި ފިކުރުގާ
ރޫހު ގޮށްޖެހި ބަނދެވިފައިވީ، ޖިސްމު އެހެނަސް ވީ ދެތާ
ބިތްދޮށަށް އޮތް އޮއިވަރަށް ހިފަމުން ދެޖިސްމެއް ދާ އޮޔާ
އެއްތަނެއް ނުކުރޭ ޒަމާނާ ވަގުތަކާ އަދި ހާލަތާ
އެނދުމަތީ ދެފުށަށްޖެހެން އޮވެ ވަހުމުތަކުގާ ފޯވުމުން
ތަދުމަތީގާ އަތް އަޅާފައި ފާޑަކަށް ލެވެނީ ފިތާ
ވޭލަތައް ލޯބީގެ މަސްތީ، ބީހުމަށް ދާ ފަތިހުގާ
ހޭލެވޭ އިރު ނޯވެ ކައިރީ އޭނަ ވާނީ ގޮސް، އެތާ