ހިތުގެ އުޑުގައިވާ ވިލާތައް ލޭގެ ފެންބަރުކައިފިޔޭ
އިތުރު ފުރުސަތަކާ ނުލާ ވާރޭ ލޮލުން ވެއްސައިފިޔޭ
***
ވޭނުގައި ކޮޅިގަނޑުގެ ވައި ހިލުވާލި ހިނދު މުޅި މޭތެރޭ
އޭގެ ޠޫފާނީ އަސަރު މައިތިރި ނުވާ ޢިޝްގުން ފުރޭ
ހޭލަމޭލައިގާ ޖަހާ ވިންދުގެ ރިހުން ބައްސައިފިޔޭ
އައި ޚަރީފެއް މަޑުމަޑުން މި ބަހާރުގައި އެ ވިކައިގަތީ
މައިގަހުން ފަތްތައް މަލާ ތިއްބާ ބަލަން ނިގުޅައިގަތީ
ފައިދަށުން ދެމިގެން ޚަޒާނާ ލޯބި ދަންޖައްސައިފިޔޭ
ނާރުތައް ކުކުރާލަނީ މިހިތާ ކުރާ އިންކާރުގައި
ބާރުހިނގުމެއް ލޭގެ ކެކެނީ އޭގެ ރަތް އިންޒާރުގައި
ކާރުވާން މިހަޔާތު ފަހިކުރި މާދުރަށް ވިއްސައިފިޔޭ