Support Us

ތިޔަހެން ނުހައްދަވާށޭ!

ރާގު: މުޖެ ޢިޝްގުހޭ ތުޖީސޭ މެރިޖާން…

މުޅި ރައްޔިތުންގެ ޤައުމޭ! ތިޔަހެން ނުހައްދަވާށޭ!
"ދުނިޔޭގެ ނީލަންތަކުގައި، ވިއްކާ ނުލައްވަވާށޭ"
މުޅި ރައްޔިތުންގެ ޤައުމޭ..!

ދުޝްމަނު ތަކުން އަރައިގެން "ރަސްކަން ކުރަން މިބިމުގާ"
"މުސްލިމް މިފަސްގަނޑެއްގައި" ބޭނުންކަމެއް ކުރުމުގާ
ހުސްބިންތަކާއި ކަނޑު ފަޅު، ވިއްކާ ނުލައްވަވާށޭ
"ދުނިޔޭގެ ނީލަންތަކުގައި ވިއްކާ ނުލައްވަވާށޭ"
މުޅި ރައްޔިތުންގެ ޤައުމޭ..!

އާދޭސް ކުރީމެ ރޮއެފާ، ދެއަތުން ހިފައި ދެފައިގާ
ވާގޮތް ލޮލަށް މިފެނިފާ ތާރީޚު ހަނދުމަ ވެވިފާ
"ޗާގޯސްގެ މައްސަލާގައި ގޯހެއް ނުހައްދަވާށޭ"
"ދުނިޔޭގެ ނީލަންތަކުގައި ވިއްކާ ނުލައްވަވާށޭ
މުޅި ރައްޔިތުންގެ ޤައުމޭ..!

މާޒީވި ކާބަފައިންނާ، އެ ބަފައިން، ލެޔާއި ވިންދާ
މާޒީވެދިޔަ ޝަހީދުން އެކުރެއްވިހާ ޖިހާދާ
ތާރީޚުވެސް ބަލާށޭ، ޙާޞިލް ކުރައްވަވާށޭ
"ދުނިޔޭގެ ނީލަންތަކުގައި ވިއްކާ ނުލައްވަވާށޭ"
މުޅި ރައްޔިތުންގެ ޤައުމޭ..!

މިނިވަންކަމާއި ދީނާ، މިނިވަން ލެޔާއި ޖޯޝާ
ފިނިކަން ހިތަށް ލިބޭހާ ހިނިތުންވެ ތިބެ ނަށާހާ
މި އުފާތަކުން މިދިވެހީން މަޙްރޫމު ކޮށް ނުލާށޭ
"ދުނިޔޭގެ ނީލަންތަކުގައި ވިއްކާ ނުލައްވަވާށޭ"
މުޅި ރައްޔިތުންގެ ޤައުމޭ..!

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *