ކީއްވެހޭ ބޭނުންވަނީ އަބަދާއަބަދު ފެނި ދެކިލުމަށް
ކީއްވެހޭ ހިތްއެދެވެނީ ނަޒަރާ ނަޒަރު ސީދާވުމަށް
ކޮންމެ ހިއްސެއް ކޮންމެ ވިންދެއް ކޮންމެ ވަގުތަކު ބޭނުމީ
ކޮންމެ ނާރެއްގައި ހިނގާ ލޭގައި ތިބާ ކުލަ ޖެއްސުމަށް
ދުރުދުރާ ކައިރިން ނުހަނު ލޯތްބާއެކީ ދަހިވެތިވަނީ
ބުރުޖަހާ ތިޔަ ސޫރަ ހިތުގައި ވަށަވަށައިގެން އެނބުރުމަށް
އެކުއެކީގައި ދެބަނިދީ ޖައްވާ ފަޒާގައި އުޅެވެނީ
އެކުވެލައި ޖިސްމާ ހިތާ އިޝްގީ ފެނުން ތެއްމައިލުމަށް
އުދަރެހުން ދައުރާނަވާ ތުނި ކަފަވިލާ ފަރުމާވަނީ
އުދަވަމުން އައި ހަނދުވަރާއެކު ޗާޓު މި ހިތުގެ ކުރެހުމަށް
ރޭރުވެވި އިޝްގުން އުތުރި ބަންޑުންވެދާ ޖަޒުބާތުތައް
ބޭރުކޮަށް މިލަނީ ހިތުގެ ހޫނާ އުދާސް ފިނިކޮށްލުމަށް
ވޭނުގައި ޖައްސައިނުލާ ތިޔަ އަތުގެ މަޑު ބީހުމުތެރޭ
ދޭނުހޭ؟ މި ހިތަށް ޝިފާ މުޅިޢުމުރުގައި އެކުގައިވުމަށް
