Support Us

އިހު އެވޭލާ ކާބަފައިން

އިހުތިރާމުގެ ސިފަތަކުން ޒީނަތްވެގެން ނަލަކަންމަތީ
އިހު އެވޭލާ ކާބަފައިން އުޅުނީ ރިވެތި ގޮތްތައްމަތީ

ކުޑަކުދީންނަށް ލޯބިދީ، މުސްކުޅިވުމުން އަދި މައިންބަފައިން
ކުޑަމިނުން "އުފް" ވެސް ނުބުނެ އުޅުނީ އެ މީހުން ކުރިމަތީ

މަގު ހިނގާއިރު ރަށްވެހީން ދޮށި ކުރިކަނޑައި ދިއުމެއް ނުވޭ
މަގުހިނގާނަމަ، ބޯލަނބައި ހިނގަނީ އަދަބުވެރިކަންމަތީ

ޢާއިލީ ނޫނަސް އަވަށްޓެރިނަށް ހިތައި އެއްފަދަޔަކުން
ދާއިމީ ހޭހަންތަކުން ގުޅުނީ އުފާވެރިކަންމަތީ

ދަރުމަޔަށް އަނެކާގެ މުހުތާދަށް ޓަކައި ކަންކަންކުރުން
ހަރުދަނާ ގޮތަކަށް ހަދައި، އުޅުނީ ނަޔާ ގޮތްފޮތްމަތީ

އަނެކުނަށް ހިތްދަތިކަމެއް، އުފަލެއް ލިބޭ ހިނދުގައި ކަތުން
ދަނެ އެކަމު ބައިވެރިވެޔޭ އިސްލާމު ދީނުގެ ގޮތްމަތީ

އެއްގެއިން ތެލި ފޫކަހާ އަޑުއިވިލުމުން، ސަހަރޯވެހީ
ކެއްކި އެތިކޮޅު އިންވެ ހުރި ގެންދޭ ގެއަށް އަތްތިލަމަތީ

ވެރިކަމުން އަންގާ ކަމެއް ބަނދެގެން ކަމަރު ކިޔަމަންވެގެން
ހުރި ލަޔާގަތަކުން އެކަން ކޮށްދޭނެ އެކުވެރިކަންމަތީ

ދާރިސަކު ނޫނީ އެދުރު، ފެނުނަސް ދަރީން ލަދުވެތިވުމީ
މާރިވެތި އަދަބެކެ ތެދޭ ފެނިފައި އޮޔާ ދިޔަ ބިންމަތީ

ހާދަހާ މާތް އަގުތަކެއް އުވި ފަސްދިނީ، ދަރިފަސްކޮޅުން
މާދަމާ ފަހެ، ނެތް މިކަން ދިރުވާ ބަޔަކު ފަސްގަނޑުމަތީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *