Support Us

ޗައިނާގެ ސުމޭކީ އިޤްތިޞާދު 7.25 ޓްރިލިޔަނަށް ވުރެ މައްޗަށް

ޗައިނާގެ ސުމޭކީ އިޤްތިޞާދު 7.25 ޓްރިލިޔަން ޑޮލަރަށް ހެދި ބޮޑުވެފައިވާ ކަމަށް ޞިނާޢަތާ ބެހޭ ރިޕޯޓަކުން ދައްކައިފިއެވެ. 

ހުސްވި އަހަރުގައި ސުމޭކީ ޞިނާޢަތު ޗައިނާގައި ހެދިބޮޑުވުން 10.3% އަށް އިތުރުވެފައިވާ ކަމަށް މި ރިޕޯޓު ބުނެއެވެ. އެއީ މުޅި ދުނިޔެއަށް ބަލާއިރު އެ މައިދާނުގައި ޗައިނާއަށް ދެވަނަ މަޤާމު ހޯފައިދިން ކުރިއެރުމެކެވެ. 

ސުމޭކީ ޞިނާޢަތުގެ ތަރައްޤީއާ ބެހޭ މި ރިޕޯޓު ޗައިނާއިން ނެރުނީ ޗައިނާގައި މިހާރު ބޭއްވެމުންދާ ސުމޭކީ ހަ ވަނަ މަހާސިންތާގައެވެ. މި ރިޕޯޓު ބުނާގޮތުގައި  ޗައިނާގެ އެތެރޭގައި ސުމޭކީ ޞިނާޢަތުގެ ޙިއްޞާގެ މިންވަރު ވަނީ 41.5% އަށް އިތރުވެފައެވެ. 

ޗައިނާގެ ޝިންޚުވާ ނޫސް އޭޖެންސީ ބުނާގޮތުގައި 2022ވަނަ އަހަރު ނިމުނުއިރު ޗައިނާއިން ވަނީ ފަސްވަނަ ޖީލުގެ ފަންނިއްޔަތުގެ 2.31 މިލިއަން ބޭސް ޤާއިމުކޮށްފައެވެ. ޗައިނާގައި ފަސްވަނަ ޖީލު (5 ޖީ) ބޭނުންކުރާ މީހުންގެ ޢަދަދު މިހާރުވަނީ 561 މިލިއަނަށް އިތުރުވެފައެވެ. އެއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު 60% އެވެ. 

ޗައިނާގެ އިރުމަތީ ސަރަޙައްދެއް ކަމުގައިވާ ފޫޖިޔާން ސަރަޙައްދުގެ ފޫޗޯ ސަހަރުގައި މި ދިޔަ ބުރާސްފަތި ދުވަހު ވަނީ ހަވަނަ ޖީގެ ޚިދްމަތްތައް ފަށައިފައެވެ. 

ޗައިނާ ބުނާގޮތުގައި ފަންނިއްޔަތާއި ޕްރޮގްރާކުރުމުގެ މައިދާނުގައި ޗައިނާއަށް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ޗައިނާގެ ފަންނިއްޔަތާއި މުވާޞަލާތާ ބެހޭ ސާމާނު އުފައްދާ އެންމެ ބޮޑު ކުންފުނި ވާވޭ ބުނާގޮތުގައި މި އަހަރުގެ ފުރަތަމަ ކާލުގައި އެ ކުންފުނީގެ ފައިދާ ވަނީ 46% އަށް ދަށަށް ގޮސްފައެވެ. އެއީ މި ކުންފުންޏާ ދެކޮޅަށް އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާހެދިއެވެ. 

ބްލޫމްބަރގް ބުނާގޮތުގައި މި އަހަރުގެ ފުރަތަމަ ކާލުގައި އެ ކުންފުނީގެ ސާފު ފައިދާ ވަނީ 434 މިލިއަން ޑޮލަރަށް ދަށަށް ގޮސްފައެވެ. މި ކުންފުންޏާ އެންމެ ބޮޑަށް ވާދަކުރާ ދެ ކުންފުންޏަކީ އެމެރިކާގެ އެޕަލް ކުންފުންޏާއި ދެކުނު ކޮރެޔާގެ  ސެމުސުންގް ކުންފުންޏެވެ.

ވާވޭގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ޢާލަމީ ބާޒާރުގައި ވާދަކުރުމަށްޓަކައި އެ ކުންފުނިން ދިރާސާތައް ކުރުމަށާއި ފަންނިއްޔަތު ތަރައްޤީކުރުމަށް ކުރާ ހޭދަ އިތުރުކުރެވޭނެއެވެ. ޗައިނާގެ ޝިންޝެން ސަހަރުގައި ހުންނަ މި ކުންފުޏީގެ މައިމަރްކަޒު ބުނާގޮތުގައި މި ދިޔަ އަހަރު މި ކަމަށް ޓަކައި 23 މިލިއަން ޑޮލަރު ހޭދަކުރެވުނެވެ. މި ކުންފުނިން މިހާރު ދަނީ އެމެރިކާގެ ޗިޕުސް ބޭނުންކުރުން ހުއްޓާލައިފައެވެ. މި ކުންފުނި ބުނާގޮތުގައި މި އަހަރުގެ ފުރަތަމަ ކާލުގައި އެ ކުންފުނީގެ ފޯނުތައް ވިކުނު ޢަދަދު ވަނީ މައްޗަށް ގޮސްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *